Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ލޭ އެޕްއާއި އެހީ ޖަމިއްޔާ އެކުގައި މަސައްކަތްކުރަން ފަހުނާމާއެއްގައި ސޮއިކޮށްފި

ލޭ އެޕްއާއި އެހީ ޖަމިއްޔާ އެކުގައި މަސައްކަތްކުރަން ފަހުނާމާއެއްގައި ސޮއިކޮށްފި

ލޭ ހޯދުމަށް އެހީތެރިވުމުގެ ގޮތުން ރާއްޖޭގައި ހިންގާ "ލޭ"އެޕްއާއި އެހީ ޖަމިއްޔާ ގުޅިގެން މަސައްކަތް ކުރަން ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

އެ ފަހުމުނާމާގައި ސޮއިކުރީ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މިއީ އެމަޖެންސީ ހާލަތްތަކުގައި އަދި ގަވާއިދުން ލޭ އަޅަންޖެހޭ މީހުންނަށް ބޭނުންވާ ލޭ ރައްކާތެރި އަދި ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ލިބޭނެ ގޮތް މަގުފަހިކޮށްދިނުމުގެ ގޮތުން ސޮއިކުރި ފަހުމުނާމާއެއް ކަމަށް އެހީ ޖަމިއްޔާއިން ބުނެފައިވެ އެވެ.

Advertisement
Ooredoo — Truecaller (box)

ލޭ އެޕަކީ ދިވެހި ޒުވާނުންތަކެއް އިސްނަގާގެން ލޭ ހޯދުމުގައި މިހާރު ދިމާވާ ދަތިތަކަށް ޓެކްނޮލޮޖީގެ އެހީގައި ޒަމާނީ ހައްލެއް ހޯދައިދީ، ލޭ ހޯދަން އެދޭ ފަރާތްތައް، ލޭ ހަދިޔާކުރާ މީހުންނާއި، އަދި ޤަވާއިދުން ލޭ އަޅަންޖެހޭ މީހުން އެއް ޕްލެޓްފޯމެއް މެދުވެރިކޮށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް ތައްޔާރުކޮށްދީފައިވާ އެޕެކެވެ.

އެ އެޕަކީ ހެލްތު މިނިސްޓްރީންނާއި މޯލްޑިވިއަން ބްލަޑް ސާވިސަސްއިން އެންޑޯޒް ކޮށްފައިވާ އެޕްލިކޭޟަންއެއްވެސްމެ އެވެ.

އެ ފަހުމުނާމާއެއްގެ ދަށުން ލޭ ހަދިޔާ ކުރުމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަންތައް ކުރިއަށް ގެންދާނެ ކަމަށް އެހީ ޖަމިއްޔާއިން ބުނެފަ އެވެ.

އާންމުކޮށް ރާއްޖޭގައި ލޭ އަޅަނީ ތެލެސީމިއާ ކުދިން ކަމަށްވާ އިރު އެ ކުދިންނަށް މިހާރުވެސް ލޭ ހޯދަނީ ވަރަށް ހާލުން ކަމަށް ވެސް ގިނަ ބެލެނިވެރިން ބުނެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް