Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އެފްއެސްއެމްގެ ތެޔޮބޯޓެއް އެރުމުން ގއ. ނިލަންދޫ ފަރަށް ބޮޑެތި ގެއްލުންތަކެއް

އެފްއެސްއެމްގެ ތެޔޮބޯޓެއް އެރުމުން ގއ. ނިލަންދޫ ފަރަށް ބޮޑެތި ގެއްލުންތަކެއް
މިދިޔަ އާދިއްތަ ދުވަހު ގއ ނިލަންދޫ ފަރަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ތެޔޮ ބޯޓެއް އަރައި ފަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ. ނިލަންދޫ ކައުންސިލުގެ ރައީސް ނާސިހު އިބްރާހިމް "ދެން" އަށް ވިދާޅުވީ އެ ރަށުގެ ހުޅަނގު އުތުރު ފަރާތު ފަރަށް އެރި ބޯޓު އާދިއްތަ ދުވަހުގެ ހަވީރު 5:30 އާއި 6 އާ ދޭތެރެ ވަގުތެއްގައި ފުންކޮށްފައިވާ ކަމަށެވެ. ބޯޓަށް ގެއްލުން ލިބި, ތެޔޮ ލީކުވުން ފަދަ އެއްވެސް ކަމެއް ހިނގާފައިނުވާ ކަމަށާއި، ނަމަވެސް ފަރަށް ގެއްލުން ލިބިފައިވާ ކަމަށް ނާސިހު ވިދާޅުވި އެވެ. އަދި މުރަކަތައް ހަލާކުވެފައިވާކަންވެސް އޭނާ ފާހަގަކުރި އެވެ.
"ފަރު އެބަ ހުރި ގާތްގަނޑަކަށް އަންދާޒާ ކުރެވޭ ގޮތުގައި 60 އަކަށް ފޫޓުގެ ތަނެއް ކަނޑައިގެން ގޮސް, ވަރަށް ބޮޑަށް ހަލާކުވެފައި. ގާތަކާއި މުރަކަތަކާ އެއްޗެހި ހަލާކުވެފައި"
ނާސިހު ވިދާޅުވީ ފަރަށް ލިބުނު ގެއްލުންތަކުގެ މައުލޫމާތު އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ލިޔުމުން ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި އީޕީއޭއާއެކު މަޝްވަރާކޮށް ކުރިއަށް ދެވޭނެ ގޮތެއް ބަލަމުންދާ ކަމަށް ވެސް ނާސިހު ވިދާޅުވި އެވެ. އެކަމާ ގުޅޭ ގޮތުން އީޕީއޭގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ. ފަރަށް އެރި ބޯޓު ފުންކޮށްފައިވަނީ އެފްއެސްއެމްގެ އިތުރު ބޯޓެއްގެ އެހީގަ އެވެ. އުޅަނދުތައް ފަރަށް އަރައިގެން ލިބޭ ގެއްލުމުގެ ބަދަލުގައި ބޮޑެތި އަދަދަކުން ޖޫރިމަނާކުރެ އެވެ. ބައެއް އުޅަނދުތައް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައި އެބަހުއްޓެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް