Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކެފޭއެއްގެ ތެރޭ މީހަކަށް ވަޅިން ބިރު ދެއްކި ބިދޭސީއަކު ހައްޔަރުކޮށްފި

ކެފޭއެއްގެ ތެރޭ މީހަކަށް ވަޅިން ބިރު ދެއްކި ބިދޭސީއަކު ހައްޔަރުކޮށްފި

ކެފޭއެއްގެ ތެރޭގައި މީހަކަށް ވަޅިން ބިރު ދެއްކިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އިންޑިއާއަށް ނިސްބަތްވަ މަހެންދުރަ ޕުއްލަ އެ މައްސަލައިގައި ހައްޔަރުކުރީ އިއްޔެ ކަމަށެވެ.

ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އިންޒާރު ދިން އިރު ޕުއްލަ ހުރީ މަސްތުގެ ހާލަތުގައި ކަމަށް އޭނާ ވަނީ އެއްބަސްވެސްވެފަ އެވެ.

Advertisement
Ooredoo — Truecaller (box)

"މީނާ މަސްތުވުމުގެ ހާލަތުގައި ހުރިކަމާއި މަސްތުވުމަށް ބަނގުރާ ބޭނުންކުރާ ކަމަށް ޝަރީއަތުގައި ބުނެފައިވެ އެވެ" ބަންދު އަމުރުގައިވެ އެވެ.

ނަމަވެސް ތޫނު އެއްޗެއް ގެންގުޅުނު ކަމަށް އޭނާ އިންކާރުކޮށްފައިވާ ކަމަށާއި އަދި އެ ހާދިސާގެ ސީސީޓީވީ ފުޓޭޖުވެސް ބެލުމަށް އޭނަ އެދުނުކަމަށް ބަންދު އަމުރުގައި ބުނެފައިވެ އެވެ.

އެހެން ނަމަވެސް އޭނާގެ މައްޗަށް އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައި އޮތުމާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށާއި އަދި ފިލާފާނެ ކަމުގެ ބިރު އޮތްކަމަށް ބުނެ ޕުއްލަ 5 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ،

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް