Monday, 2 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އެމްޑީޕީން މި މަހު 31 ގައި މުޒާހަރާ އަށް ނިކުންނަން ފާސްކޮށްފި

އެމްޑީޕީން މި މަހު 31 ގައި މުޒާހަރާ އަށް ނިކުންނަން ފާސްކޮށްފި

ގާނޫނު އަސާސީގެ ދިފާއުގައި، އިދިކޮޅު މައި ޕާޓީ އެމްޑީޕީން މި މަހު 31 ގައި މުޒާހަރާ އަށް ނިކުންނަން އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.

ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ ގައުމީ މަޖިލީހުގެ ޖަލްސާ ގައި ސިދާ ހަރަކާތަށް ނިކުންނަން ގަރާރު ހުށަހެޅީ އެ ޕާޓީގެ ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހީމް އެވެ.

އެ ހުށަހެޅުން ފާސްވެފައިވަނީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ކަމަށް "ދެން" އަށް މައުލޫމާތު ދިން ގައުމީ މަޖިލީހުގެ މެންބަރަކު ވިދާޅުވި އެވެ.

Advertisement
HDC — Sidebar (box)

ގާނޫނޫ އަސާސީގެ ދިފާއުގައި އެމްޑީޕީން މުޒާހަރާކުރަން ނިންމަން ފާސްކޮށްފައިމިވަނީ، ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ޕާޓީން ވަކިކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުތަކާއެކު އޮތް ކަންބޮޑުވުމާ އެކު އެވެ.

https://twitter.com/MDPSecretariat/status/1877064222225358881

އެމްޑީޕީން ބުނާ ގޮތުގައި ގާނޫނު އަސާސީ އިސްލާހުކޮށްފައި ވަނީ އެ ގާނޫނުގެ 90 ވަނަ މާއްދާ އާ މުޅިން ހިލާފަށެވެ. އެކަންބޮޑުވުން އޮތަތީވެ އިސްލާހުތައް ބާތިލުކުރަން ސަރުކާރަށް ގޮވާލައި، ބާތިލުކުރަންދެން މުޅި ރާއްޖޭގައި އިހުތިޖާޖުކުރަން ހުސްވި ޑިސެމްބަރު މަހު ކާނިވާ ސަރަހައްދުގައި ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި އޮތީ ފާސްކޮށްފަ އެވެ.

މެމްބަރެއްގެ ގޮނޑި ގެއްލި އަލުން ވާދަކުރާނަމަ އެ މެމްބަރަކަށް ތާއިދުކުރަންވެސް އެރޭ ފާސްކުރި އެވެ.

މަޖިލީހުގެ މެންބަރުން އިންތިހާބުވުމަށްފަހު ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މަޖިލީހުގެ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލު ފާސްކޮށް ތަސްދީގުކުރީ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ.

އެހެން ނަމަވެސް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން އެ މަހުގެ 24 ވަނަ ދުވަހު ވަނީ ގާނޫނު އަސާސީއަށް ގެނައި އިސްލާހުތައް ބާތިލުކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް