Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ރައްޔިތުންގެ މަޖިލިސް

ރިޔާސީ ބަޔާން އިއްވުން ފެބްރުއަރީ 6 ގައި

ރިޔާސީ ބަޔާން އިއްވުން ފެބްރުއަރީ 6 ގައި

ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކުރަން ނިންމައިފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ބުނެފި އެވެ.

މަޖިލިސް ހުޅުވާ ޖަލްސާއެއްގައި އެއިރަކު ހުންނަވާ ރައީސަކު ރިޔާސީ ބަޔާން އިއްވަ އެވެ. އަންނަ މަހު ބާއްވާ ޖަލްސާއަކީ ރައީސް ދެއްވާ 2 ވަނަ ބަޔާން އިއްވާ ޖަލްސާ އެވެ. ރައީސް ފުރަތަމަ ބަޔާން އިއްވީ 19 ވަނަ މަޖިލިހުގައި މިދިޔަ އަހަރު ބޭއްވި މަޖިލިސް ހުޅުވި ޖަލްސާގަ އެވެ. މިއީ 20 ވަނަ މަޖިލިހުގައި އެމަނިކުފާނު އިއްވާ ފުރަތަމަ ބަޔާނެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މި އަހަރުގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ 6 ވަނަ ދުވަހު ބާއްވަން ނިންމަވާފަ އެވެ. ޖަލްސާ އޮންނާނީ އެ ދުވަހުގެ ހެނދުނު 9:00 ރައްޔިތުންގެ މަޖިލިސްކުރާ ގޭގަ އެވެ.

Advertisement
Ooredoo — Truecaller (box)

ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު މަޖިލިސް ހުޅުވާ ޖަލްސާ ބާއްވަން ނިންމާފައިވާއިރު، މި ޗުއްޓީގެ ތެރޭގައި ދައުރުން ބޭރުން 2 ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

މަޖިލިހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ތިން ވަނަ ދައުރަކީ އޮކްޓޯބަރު 1 އިން ފެށިގެން ނޮވެމްބަރު ނިޔަލަށެވެ. ނަމަވެސް މަޖިލިހުގައި މަސައްކަތްތައް ހުރުމުން މަޖިލިހުގެ މި އަހަރުގެ 3 ވަނަ ދައުރު ނިންމާލީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ.

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް "ދެން" އަށް އިއްޔެ ވިދާޅުވީ މި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ އިތުުރުން މި މަހުގެ 20 ވަނަ ދުވަހު ވެސް ދައުރުން ބޭރު ޖަލްސާއެއް އޮންނާނެ ކަމަށެވެ.

ޖަލްސާގެ އެޖެންޑާ އަދި މިހާތަނަށް އާއްމުކޮށްފައި ނުވި ނަމަވެސް އެ ދުވަހުގެ މަސައްކަތްތަކުގެ ތެރޭގައި ހުސްވެފައިވާ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދެ މެމްބަރުންގެ މަގާމަށް ބޭފުޅުން އައްޔަނުކުރުމަށް ވޯޓު ނެގުން އޮންނާނެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް