Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރައީސް، އެސްޓޯނިއާގެ ޓާރްޓޫ ސިޓީއަށް ވަޑައިގެންފި

ރައީސް، އެސްޓޯނިއާގެ ޓާރްޓޫ ސިޓީއަށް ވަޑައިގެންފި

ރައީސް ޑރ މުހައްމަދު މުއިއްޒު އުތުރު ޔޫރަޕް ގައި އޮންނަ އެސްޓޯނިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ޓާރްޓޫ ސިޓީއަށް މިއަދު ވަޑައިގެންފި އެވެ.

އެސްޓޯނިއާގެ ވެރިރަށް ޓަލިންއާ ޖެހިގެން ދެވަނަ އަށް އެންމެ ބޮޑު ޓާރްޓޫ ސިޓީއަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ވިދާޅުވީ އެ ސިޓީގެ މޭޔާ، އަރްމަސް ކްލާސް އެވެ. އަރްމަސް ކްލާސް ވަނީ ރައީސްގެ އަރިހުގައި، ޓައުން ހޯލް ސްކޮޔާއަށް ޒިޔާރަތްކުރައްވައި، އެތަނުގެ ތާރީހީ މުހިންމުކަމާ ބެހޭގޮތުން ވަރަށް އަގުހުރި މައުލޫމާތުތަކެއް ހިއްސާކުރައްވާފަ އެވެ. މި ޒިޔާރަތުގައި ރައީސް ވަނީ މެހެމާނުން ސޮއި ކުރައްވާ ފޮތުގައި ސޮއި ކުރައްވާފަ އެވެ.

ޓާޓޫ ޓައުން ހޯލަކީ ވިޔަފާރީގެ އިތުރުން މީހުން އާބާދުވެފައިވާ މައިގަނޑު ސަރަހަދުވެސްމެ އެވެ. ރައީސްގެ މި ޒިޔާރަތުގައި ޔުނިވާސިޓީ އޮފް ޓާރްޓޫއާއި، އެސްޓޯނިއަން ބަޔޯބޭންކާއި، އެސްޓޯނިއަން ނޭޝަނަލް މިއުޒިއަމް (އީއާރުއެމް) އަށް ޒިޔާރަތްކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

Advertisement
Allied — Dhen Online (box)

ރައީސް އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް، ޑރ އަލާރް ކަރިސްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް