ލ. އަތޮޅު ފަޅު 3 ރަށެއް ބަލަހައްޓާ ގޮތަށް ކުއްޔަށް ދޫކުރަނީ

ލ. އަތޮޅު ފަޅު 3 ރަށެއް ވަގުތީ ގޮތުން ބަލަހައްޓާނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
އެ އަތޮޅު ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ބަލަހައްޓާނެ ބަޔަކު ހޯދަން ވެގެން ކުރި އިއުލާންތަކުގައި ހިމެނޭ ފަޅު ރަށްތަކަކީ:
- ލ. ބިލެތްތޭރަހާ (ދަނބިދޫ ފަޅުތެރެ) - 0.3 ހެކްޓަރު
- ލ. މާކަޅުވެލި (ކުނަހަންދޫ ފަޅުތެރެ) - 4.5 ހެކްޓަރު
- ލ. ފެންބޯހުރާ (އިސްދޫ ފަޅުތެރެ) - 7.5 ހެކްޓަރު
- ވަކި އަދަދަކަށް ރުއް އަދި މިދިލިގަސް އިންދުމަށް ފަހު ރުއްގަސް އިންދާ މަންޒަރު ފެންނަ ފޮޓޯތައް ހިމަނައިގެން އަހަރަކު އެއް ފަހަރު ރިޕޯޓެއް ފޮނުވުން
- ރަށް ވަށައިގެންވާ ސަރަހައްދުގެ ފޮޓޯ ނަގާފައި އަހަރަކު އެއް ފަހަރު ފޮނުވުން
- ރަށް ވަށައިގެންވާ ސަރަހައްދު އަދި ރަށުތެރެ ހިމެނޭހެން ސާފުކޮށް ބެލެހެއްޓުން
- އަތޮޅު ކައުުންސިލުން ތައްޔާރުކޮށްފައިވާ އޮންލައިން ފޯމެއް ހަ މަހުން އެއް ފަހަރު ފުރުން
- ރުއްގަސް ކެނޑުން އަދި ވިއްކުން
- ރަށު ގޮނޑުދޮށުން ދޮންވެލި އަދި ރަށު ތެރެއިން ކަޅު ވެލި ނެގުން






ކޮމެންޓް