Monday, 2 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް އަނިޔާކުރި ޓީޗަރު ދޫކޮށްލައިފި

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް އަނިޔާކުރި ޓީޗަރު ދޫކޮށްލައިފި

މާލޭގެ ސްކޫލެއްގައި، ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް އަނިޔާކުރި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޓީޗަރު ދޫކޮށްލައިފި އެވެ.

ސްކޫލެއްގެ ޕްރައިމަރީ ގްރޭޑްގެ ހާއްސަ އެހީ އަށް ބޭނުންވާ ކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރި މައްސަލަ ފުލުހަށް ހުށަހެޅީ އެޑިއުކޭޝަން މިނިސްޓްރީންނެވެ. އެ މައްސަލަ ބަލަމުންދާކަން ފުލުުހުން ވަނީ ބުނެފަ އެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މައްސަލާގައި ހިމެނޭ ޓީޗަރު ހައްޔަރުކުރީ ހުކުރު ދުވަހު ދުވަހު ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން ކޯޓުން ޝަރުތުކޮށް ދޫކޮށްލާފައިވާ ކަމަށެވެ.

Advertisement
HDC — Sidebar (box)

ފުލުހުން ބުނީ ކަމާ ގުޅުންހުރި އިދާާރާތަކާއި ގުޅިގެން މައްސަލަ ބަލަމުންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް