Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މެޓާނިޓީ ލީވްގެ ތެރޭގައި ދަރިފުޅު މަރުވުމުން ވަޒީފާއަށް ނުކުންނަން މަޖުބޫރުކުރާތީ ކޯޓަށް

މެޓާނިޓީ ލީވްގެ ތެރޭގައި ދަރިފުޅު މަރުވުމުން ވަޒީފާއަށް ނުކުންނަން މަޖުބޫރުކުރާތީ ކޯޓަށް

ވިހެއުމާ ގުޅިގެން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ލިބޭ މެޓާނިޓީ ލީވްގެ ތެރޭގައި ދަރިފުޅު މަރުވެއްޖެނަމަ ވަޒީފާއަށް ނުކުންނަން މަޖުބޫރުކުރާތީ ކޯޓަށް މައްސަލަ ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.

އެ މައްސަލަ ކޯޓަށް ހުށަހަޅަނީ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން އެވެ. އެއީ މި ފަހަކަށް އައިސް މުޖުތަމައުގެ އެކި މައްސަލަތަކުގައި އިންސާފު ހޯދަން ވަކާލާތު ކުރާ ރާއްޖޭގެ ލޯ ފާމެކެވެ.

މިހާރު އަމަލުކުރަމުންދާ ސިވިލް ސާވިސްގެ ގަވައިދުގެ ދަށުން މުވައްޒަފަކު ވިހެއުމުން ދަރިފުޅަށް ހަ މަސް ދުވަސް ވަންދެން ބަންދު ދުވަސްތައް ހިމަނައިގެން އެ މުވައްޒަފަށް ޗުއްޓީއެއް މުސާރައާއެކު ދޭން ޖެހޭނެ އެވެ.

Advertisement
Allied Insurance — Square (box)

އެހެން ނަމަވެސް މިހާރު އަމަލުކުރަން ސިވިލް ސާވިސްގެ ގަވައިދުގެ ދަށުން މައިމީހާއަށް ލިބޭ ހަ މަސް ދުވަހުގެ މެޓާނިޓީ ލީވްގެ ތެރޭގައި ދަރިފުޅު މަރުވެއްޖެ ނަމަ، ޖެހިގެން އަންނަ ދުވަހުން ފެށިގެން ވަޒީފާއަށް ނުކުތުމަށް އަންގަމުންދާ ކަމަށް ޕީއައިއެލްސީން ބުނެފައި ވެއެވެ.

"މިއީ ވަޒީފާއާ ބެހޭ ގާނޫނާއި ސިވިލް ސާވިސްގެ ގަވައިދާ ހިލާފު އެންގުމެއް،" ސިވިލް ސާވިސްއިން އަމަލުކުރަމުންދާ އުސޫލާ ދޭތެރޭ ކަންބޮޑުވުން ފާޅުކޮށް ޕީއައިއެލްސީން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވެއެވެ.

އެހެންވެ މައްސަލައާ ގުޅިގެން ކޯޓަށް ދާން ނިންމާފައިވާ ކަމަށް ޕީއައިއެލްސީން ބުނެފައި ވެއެވެ.

ވިހެއުމާ ގުޅިގެން ހަ މަސް ދުވަހުގެ މެޓާނިޓީ ލީވް ދޭން ފެށީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރުގެ މާޗު މަހު އެވެ. މެޓާނިޓީ ލީވްއާއެކު މުސާރަ ލިބޭ ގޮތަށް ބައްޕައިންނަށް އެއް މަހުގެ ޕެޓާނިޓީ ލީވް ވެސް އޭރު ހަމަޖެއްސި އެވެ.

ކުރިން މެޓާނިޓީ ލީވަށް ދެނީ ތިން މަސް ދުވަހެވެ. އަދި ޕެޓާނިޓީ ލީވް ދެނީ އެންމެ ތިން ދުވަހަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް