Monday, 2 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކުރީގެ ފަނޑިޔާރު ޝުއައިބު އަވަހާރަވުމުގެ ހިތާމައިގައި ޝަރުއީ ދިދަ ބައިދަނޑިއަށް ތިރިކުރަނީ

ކުރީގެ ފަނޑިޔާރު ޝުއައިބު އަވަހާރަވުމުގެ ހިތާމައިގައި ޝަރުއީ ދިދަ ބައިދަނޑިއަށް ތިރިކުރަނީ

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޝުއައިބް ހަސަން ޒަކަރިއްޔާ އަވަހާރަވުމުގެ ހިތާމައިގައި ޝަރުއީ ދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފި އެވެ.

ފަނޑިޔާރު ކަމުގެ ހިދުމަތް 20 އަހަރަށް ވުރެ ގިނަ ދުވަހު ކުރެއްވި ޝުއައިބު އަވަހާރަވީ ކެންސަރުގެ ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ.

ސުޕްރީމް ކޯޓުން މިރޭ ބުނި ގޮތުގައި، އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އެންގެވުމުގެ މަތީން ކޯޓުތަކުގައި ޝަރުއީ ދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކުރާނީ މާދަމާ އިރުއޮއްސި 6:00 ޖަހަންދެނެވެ.

Advertisement
HDC — Sidebar (box)

އުމުރުން 55 އަހަރުގައި އަވާހަރަވި ޝުއައިބުގެ ކަށު ނަމާދު ކަށު ނަމާދު އޮންނާނީ މިރޭ 11 ޖަހާއިރު އާ ސަހަރާގަ އެވެ.

ހައި ކޯޓުގައި 11 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރައްވާފައިވާ ޝުއައިބު ރިޓަޔާ ކުރެއްވީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އޮފް ކޮމްޕަރޭޓިވް ލޯ ވެސް ހައްދަވައިފައިވާ ޝުއައިބު ވަނީ ޖަސްޓިސް މިނިސްޓްރީގެ ލީގަލް އޮފިސަރުކަމާއި، ފެމިލީ ކޯޓުގެ ގާޒީގެ މަގާމާއި މަދަނީ ކޯޓާއި ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސް ގާޒީގެ މަގާމު ފުރުއްވާފަ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް