Monday, 2 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޝިފްޒާގެ އަސަރު ގަދަ ޕޯސްޓެއް: "ތި ފެއިލްކޮށްލީ ޝިފްޒާާއެއް ނޫން"

ޝިފްޒާގެ އަސަރު ގަދަ ޕޯސްޓެއް: "ތި ފެއިލްކޮށްލީ ޝިފްޒާާއެއް ނޫން"

"ތިޔަ ފެއިލްކޮށްލެވުނީ ޝިފްޒާއެއް ނޫން!"

މީޑިއާގެ ދާއިރާއިގައި ތަޖުރިބާހުރި ފުންނާބު އުސް ނޫސްވެރިޔާ، ޝިފްޒާ މުސްތަފާ، ބްރޯޑްކާސްޓިން ކޮމިޝަންއަށް އައްޔަނުކުރަން ހުށަހެޅި ނަންތަކުގެ ލިސްޓުން ކަޓުވާލުމުން ކުރި އަސަރާއެކު ފޭސްބުކްގައި ދޫކޮށްލެއްވި މެސެޖުގައި ފުރަތަމަ ވެސް ލިޔުއްވާފައި ވަނީ މިހެންނެވެ.

ކުރިމަތިލި ބޭފުޅުންގެ ތެރެއިން އެންމެ ތަޖުރިބާ އަދި ތައުލީމީ ކެންޑިޑޭޓަކީ ޝިފްޒާ އެވެ. އެކަމަކު ރައީސް މުހައްމަދު މުއިއްޒު ފޮނުވި ލިސްޓުގައި ވެސް ޝިފްޒާ ނަން އޮތީ ފުދޭވަރަކަށޤ ފުލުގަ އެވެ. ކޮމިޓީން އިންޓަވިއު ކުރުމަށް ފަހު ދެވަނަ ލިބުނަސް ތަޅުމުގައި ނެގި ވޯޓުން އޭނާ ކަޓުވައިލީ އެވެ.

Advertisement
Allied — Dhen Online (box)

ބްރޯޑްކާސްޓިން ކޮމިޝަނަށް އައްުޔަނުކުރަން ރުހުން ލިބުނީ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި އާމިނަތު ސަރާހަތުއަށެވެ.

ނަމަވެސް ޝިފްޒާގެ ކަންބޮޑުވުމަކީ ސީދާ އޭނާއަށް ރުހުން ނުލިބުމަށް ވުރެ ސިޔާސީ ނުފޫޒުގެ ތެރެއިން އެ ދެ މަގާމަށް ބޭފުޅުން ހަމަޖެހިގެން ދިއުމެވެ. ފޭސްބުކްގައި ޝިފްޒާ ހިއްސާކުރި މެސެޖުގައި ފާހަގަކުރި އެންމެ މުހިންމު ނުކުތާއަކީ މިއީ އެވެ.

ބްރޯޑްކޮމްއަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހިންގާ، ދިވެހި ދައުލަތުގެ މިނިވަން ދުސްތޫރީ މުއައްސަސާއަކަށްވާ އިރު ގާނޫނު ބުނާގޮތުން ކޮމިޝަނުގެ ކޮންމެ މެންބަރަކީ ވެސް ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން މުހިންމު ތަޖުރިބާ ހުންނެވި ބޭފުޅަކަށް ވާން ޖެހޭ ކަން ޝިފްޒާ ފާހަގަ ކުރެއްވި އެވެ.

ހާއްސަކޮށް ސިޔާސަތު އެކުލަވައިލުމާއި، ގާނޫނާއި އާ އީޖާދުތަކާއި، ނޫސްވެރިކަން އަދި/ނުވަތަ ވިޔަފާރީގެ ރޮނގުން ތަޢުލީމު ނުވަތަ ތަޖުރިބާ ލިބިފައިވާ، މުޖުތަމައު ގަބޫލުކުރާ މިންގަނޑުތަކުން އަބުރުވެރި، އަހުލާގު ރަނގަޅު، ވަކިފަރާތަކަށް ނުޖެހޭ ގާބިލު މީހެއް ކަމުގައި ވާން ޖެހޭނެ ކަމަށް ލިޔުއްވާފައިވެ އެވެ.

[caption id="attachment_265469" align="alignnone" width="300"]<img class="size-medium wp-image-265469" src="https://cdn.dhen.mv/wp-content/uploads/2025/01/401767212_726727416154972_7756538237573154435_n-300x200.jpg" alt="" width="300" height="200" /> ޝިފްޒާއަށް ނޫސްވެރިކަމުގެ އިނާމު ލިބިވަޑައިގެން[/caption]

އެކަމަށް ރިއާޔަތްކޮށް ޝިފްޒާ ވިދާޅުވީ މީޑިއާގެ ދާއިރާއަށް މުޅި ހަޔާތް ހުސްކޮށްލައިގެން ހުރި މީހެއްގެ ހައިސިއްޔަތުން ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރުމުގެ ހެޔޮ ނިޔަތުގައި މީގެ ކުރިން ވެސް އެއްފަހަރު ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލި ކަމަށެވެ.

އެހެން ނަމަވެސް ދެ ފަހަރު ވެސް ކޮމިޓީން އެންމެ މަތިން ލިބުނު ލިސްޓުގައި ހިމެނިފައި އޮއްވާ އޭނާއަށް ވުރެ ދަށުން މާކްސް ލިބުނު މީހާ މަގާމަށް ހޮވިގެން ދިޔައީ އެވެ.

"ކުރީ ފަހަރު ސަބަބަކަށްވީ، އަނެއް ކެންޑިޑޭޓަކީ އޭރު މަޖިލީހުގެ ކޮންޓްރޯލް އޮތް ޕާޓީގެ މެންބަރަކަށް ވުމާއި، ކޮންމެވެސް މެންބަރަކަށް އެ ކެންޑިޑޭޓް ނިސްބަތްވާ ޢާއިލާގެ ތާއީދު ގެއްލިދާނެ ކަމަށްޓަކައި ޕާޓީގެ ޕާލަމަންޓަރީ ގުރޫޕްގައި މާ ހަރުއަޑުން އެ މެންބަރަކު ވަކާލާތުކުރައްވައި އެގޮތަށް ޕާޓީން ނިންމައިގެން ތަޅުމުގައި ވޯޓަށް އެހުމެވެ. މިއީ އަޅުގަނޑު ބުނި ވާހަކައެއް ނޫނެވެ. މަޖިލީހުގެ ތަޅުމުގައި އެދުވަހު އެ ޕާޓީގެ މެންބަރަކު އެކަމާ ހިތްޕުޅު ހަމަޖެހިވަޑައިނުގެން އުދާސްތައް ބަންޑުންކުރައްވައި ޔައުމިއްޔާއިން ފެންނަން އޮތް ވާހަކައެކެވެ." ކުރިން ކަންތައް ހިނގައިދިޔަ ގޮތުގެ ތަފްސީލަށް ދަމުން ޝިފްޒާ ފޭސްބުކްގައި ބުންޏެވެ.

[caption id="attachment_265470" align="alignnone" width="300"]<img class="size-medium wp-image-265470" src="https://cdn.dhen.mv/wp-content/uploads/2025/01/461461797_931020502392328_2253438015995017305_n-300x225.jpg" alt="" width="300" height="225" /> ސަންގު ޓީވީގެ އޮންއެއާ ކޮންޓްރޯލް ރޫމުގައި ޝިފްޒާ ހަބަރު ހުށަހަޅުއްވާ މަންޒަރު ދައްކަނީ[/caption]

މި ފަހަރު އެ މަގާމަށް ކުރިމަތިލި އިރު ޝިފްޒާ ވަނީ ތައުލީމާއި ތަމްރީނުގެ ސެޓްފިކެޓުތަކާއި، ތަޖުރިބާގެ ލިޔުންތަކާއި، އިހުލާސްތެރި ގައުމީ ހިދުމަތުގެ އަގުވަޒަންކޮށް ދިވެހި ދައުލަތުން ދެއްވާފައިވާ ލިޔުންތައް ހުށަހަޅައި އިންޓަވިއުގައި މެންބަރުންގެ ސުވާލުތަކަށް އިހުލާސްތެރިކަމާއެކު ޖަވާބު ދީފަ އެވެ.

"އަޅުގަނޑުގެ ފަޅިން ކުރަން އޮތް ކަމެއް ވިއްޔާ ކުރީމެވެ. އަޅުގަނޑު އަތުގައި ދެއްކެން އޮތް އެއްޗެއް ވިއްޔާ ދެއްކީމެވެ. އަޅުގަނޑަށް ނުދެއްކުނީ ސިޔާސީ ޕާޓީއެއްގެ މެންބަރުކަމުގެ ސަނަދެވެ. އަދި ސިޔާސީ އެކްޓިވިސްޓްކަމުގެ ފާހެވެ. އަޅުގަނޑަށް ނުކުރެވުނު ކަމަކީ ސިޔާސީ ބޭފުޅުން ނުވަތަ މަޖިލީސް މެންބަރުންނަށް ގުޅައި، މެސެޖުކޮށް، އެބޭފުޅުންނާއެކު ކޮފީ/ޑިނަރ އަށް ދިޔުމެވެ. ނުވަަތަ ސިޔާސީ ބޭފުޅުންނަށް ލޮބީ ކުރުމެވެ. އެ ކަންކަން ނުކުރީ އެއީ އަޅުގަނޑު ގަބޫލުކުރާ ހަމައަށް ނުވާތީއެވެ." ޝިފްޒާ ފޭސްބުކްގައި ބުނެފައި ވެއެވެ.

ކުރިން ކުރި ހިތި ތަޖުރިބާ މި ފަހަރު ވެސް ކުރަން ޖެހުމުން ޝިފްޒާއަށް އެއް ކަމެއް ގައިމު ވެސް ޔަގީން ވެއްޖެ އެވެ. އޭރުގެ ހާލަތަކީ މިހާރު ވެސް ބަދަލު ނުވެ އޮތް ހާލަތެވެ. ކޮންމެ ފަސް އަހަރަކުން ކުރާ ބޮޑު ކެމްޕޭނުގައި، ކިޔަވައިގެން ތިބި، ތަޖުރިބާ ހުރި، ކަމަށް ގާބިލު މީހުންނަށް ދައުލަތުގެ ވަޒީފާތަކުން ފުރުސަތު ނުގެއްލޭނެ ކަމަށް އަހުދުވެ ދައްކާ ހުވަފެނަކީ ބިލާހެއް ކަމެވެ.

"މިނިވަން މުއައްސަސާތަކަށް މީހުން ޢައްޔަންކުރުމުގައި ސިޔާސީ ނުފޫޒު ނުފޯރުވައި ހަމައާއި އިންސާފު ހިފަހައްޓާނެ ކަމަށް ބުނެ ކިޔާހާޅެން ފަރިއްސަށް ވެއްޖެއެވެ. މިއިން ދައްކައިދެނީ އެތައް ގުރުބާނީއެއް ވެގެން ހޯދާ އިލްމުގެ އަގެއް ނެތް ކަމެވެ." ނިންމާލަމުން ޝިފްޒާ ފޭސްބުކްގައި ބުނެފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް