Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ރައްޔިތުންގެ މަޖިލިސް

އޭސީސީއަށް އައްޔަންކުރަން ފޮނުވި ނަންތަކަށް ބަދަލެއް

އޭސީސީއަށް އައްޔަންކުރަން ފޮނުވި ނަންތަކަށް ބަދަލެއް
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުސްވެފައިވާ ދެ މެމްބަރުންގެ މަގާމަށް އައްޔަންކުރަން ކުރިން ފޮނުއްވި ދެ ނަމުގެ ތެރެއިން އެއް ނަމަށް ބަދަލު ގެންނަވައި އަލުން ފޮނުއްވި މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ. އޭސީސީގެ ދެ މެމްބަރުންގެ މަގާމު މިދިޔަ ނޮވެމްބަރު މަހު ހުސްވީ އެ ކޮމިޝަނުގެ ނައިބު ރައީސް އަބްދުއްސަލާމާއި ކޮމިޝަނުގެ މެމްބަރު ތޯހާ މުހައްމަދު އިސްތިއުފާ ދެއްވުމުންނެވެ. ސަަލާމާއި ތޯހާ އިސްތިއުފާ ދެއްވީ އެ ދެ ބޭފުޅުން ވަކިކުރަން މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައި އޮއްވަ އެވެ. އޭސީސީން ހުސްވެފައިވާ ދެ މެމްބަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަންދެއްވި ދެ ނަމުގެ އިތުރުން އެހެން ނަންތައް ދައުރުން ބޭރުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާއަށް ފޮނުއްވި އެވެ. އިސްކަންދެއްވި ދެ ނަމަކީ:
  • މއ. ގޯލްޑަން މޫން، އަހްމަދު ނާޝިދު
  • ރ. ހުޅުދުއްފާރު، ރޯޒްވިލާ، އާސިޔާ އަޒީމާ
ކުރިން ފޮނުއްވި ސިޓީ އާ ހަވާލާދެއްވައި، މިއަދު ބޭއްވި ޖަލްސާގައި އިދާރީ މޭޒުން އިއްވި ރައީސްގެ ސިޓީފުޅުގައި ވަނީ ކުރިން އިސްކަންދެއްވި ދެ ނަމުގެ ތެރެއިން އެއް ނަމަށް ބަދަލު ގެންނަވާފަ އެވެ. އަލުން ފޮނުއްވި ދެ ނަމަކީ:
  • މއ. ގޯލްޑަން މޫން، އަހްމަދު ނާޝިދު
  • ރ. އަލިފުށި، ފަސާނާ، އަބްދުﷲ ނާޝިދު
އެ ސިޓީފުޅުގައި ވަނީ އޭސީސީން ހުސްވެފައިވާ ދެ މެމްބަރުންގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަނިކުފާނު ފޮނުއްވި ދެ ނަމާ މެދު މަޖިލިހަށް ފެންނަ ގޮތެއްގެ މަތިން ފާސްކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. އަހްމަދު ނާޝިދަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެކުލަވާލި ޕޮލިސް ބޯޑުގެ ހިމެނިވަޑައިގެން މެމްބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭސީސީގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބަވަނީ އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލުގެ އިތުރުން ޝިޔާމާ މުހައްމަދާއި ޝަޒްނާ ހާޝިމެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް