Sunday, 1 November 2026
Advertisement
Allied Insurance (leaderboard)
ސަރުކާރު

އިންޑިއާގެ އާ ސަފީރާ ފޮރިން މިނިސްޓަރު ބައްދަލުކުރައްވައިފި

އިންޑިއާގެ އާ ސަފީރާ ފޮރިން މިނިސްޓަރު ބައްދަލުކުރައްވައިފި

‎އިންޑިއާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޖީ. ބަލަސުބްރަމަނިއަމް އާ ފޮރިން އެފެއާޒް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ބައްދަލުކުރައްވައިފި އެވެ.

އެ ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު ފޮރިން އެފެއާޒް މިނިސްޓްރީގަ އެވެ. ބައްދަލުވުމުގައި ހަލީލް ވަނީ އިންޑިއާއިން ކަނޑައެޅުއްވި އާ ސަފީރަށް މަރުހަބާ ދަންނަވާފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތްގުޅުމަށް މިހާރު އައިސްފައިވާ ކުރިއެރުން ދަމަހައްޓައި، އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

Advertisement
HDC — Sidebar (box)

‎ބައްދަލުވުމުގައި ހަލީލް ވަނީ ދެ ގައުމު ދެމެދުގައި އޮތް ޒަމާންވީ ގާތް ރަހުމަތްތެރިކަން ފާހަގަކުރައްވައި، އިންޑިއާ ސަރުކާރުގެ ފަަރާތުން ރާއްޖެއަށް ފޯރުކޮށްދެއްވާފައިވާ އެހީތެރި ކަމަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ޝުކުރު އަދާކުރައްވާފައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

‎އެ މިނިސްޓްރީން ބުނި ގޮތުގައި ބައްދަލުވުމުގައި އިންޑިއާގެ ސަފީރު ދެއްކެވި ވާހަކައިގައި ދެ ގައުމަށް ފައިދާހުރި ކަންތައްތައް ހާސިލުކުރުމަށް ސަރުކާރާ އެކު ގާތުން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމުގަ އެވެ.

‎ބައްދަލުވުމުގައި މިނިސްޓަރުގެ އަރިހުގައި ފޮރިން ސެެކްރެޓަރީ ފާތިމަތު އިނާޔާ، އެމްބެސެޑަ އެޓް ލާޖް މުހައްމަދު ފަހުމީ ހަސަން، އިންޑިއާ ޑިވިޜަންގެ ޖޮއިންޓް ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ، ޑިރެކްޓަ އަހްމަދު ސުޒިލްގެ އިތުރުން ޑިރެކްޓަ އާއިޝަތު ޝަހުލާ ބައިވެރިވެވަޑައިގެންނެވި އެވެ. އިންޑިއާއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ އަރިހުގައި ޑެޕިއުޓީ ހައިކޮމިޝަނަ ކުމާރް ގޯރަވް ބައިވެރިވެވަޑައިގެންނެވި އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް