Monday, 2 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޓްރާންސްފޯމަރުން ވައްކަންކުރަން އުޅުނު މީހާ 20 ދުވަހަށް ބަންދުކޮށްފި

ޓްރާންސްފޯމަރުން ވައްކަންކުރަން އުޅުނު މީހާ 20 ދުވަހަށް ބަންދުކޮށްފި

ހުޅުމާލެ ފޭސް ދޭއްގައި ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުން ދީ އޭތި ވަގަށް ނަގަން އުޅުނު މީހާގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

އެ މައްސަައިގައި ހައްޔަރުކުރީ ށ. ބިލެތްފަހި، ޗަނބޭލީގެ، އިބްރާހީމް ޒާލިފް (37އ) އެވެ.

މި މަހުގެ 14 ވަނަ ދުވަހު އެ ޓްރާންސްފޯމަރު ވަގަށް ނަގަން އުޅުމުގެ ތެރޭގައި ޒާލިފް ވަނީ ސްޓެލްކޯގެ މުވައްޒަފަކަށް ހަމަލާދީ ޒަހަމްވެސްކޮށްލައިފަ އެވެ.

Advertisement
Allied — Dhen Online (box)

އެހެންވެ އޭނާގެ މައްޗަށް ފުލުހުން ކުރަނީ ވައްކަމާއި މާރާމާރީގެ ތުހުމަތެވެ،

ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައި ބުނީ ޒާލިފްއަށް ތުހުމަތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން އަނިޔާ ލިބުނު ސްޓެލްކޯގެ މުވައްޒަފުގެ ފޯޓޯއާއި ޓްރާންސްފޯމަރަށް ގެއްލުން ދީފައިވާ ފޮޓޯޢާއި ސީންއަށް ދިޔަ ފުލުުހުންގެ ބަޔާާން ހުށަހަޅާފައިވާ ކަމަށް ބަންދު އަމުރުގައި ބުނެފައި ވެއެވެ.

އެހެންވެ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށްޓަކައި ޒާލިފް 20 ދުވަހަށް ބަންދު ކުރަން ވަނީ އަމުރުކޮށްފަ އެވެ.

ޒާލިފްއަކީ ހައްޔަރާއި ބަންދުގެ ރެކޯޑް އޮންނަ މީހެއް ކަަމަށް ވެސް ބުނެފައި ވެއެވެ.

ޒާލިފް ޓްރާންސްފޯމަރަށް ގެއްލުންދިނުމާ ގުޅިގެން ހުޅުމާލެ ފޭސް ދޭއްގެ އެމްޕީއެލް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް ވެސް މެދުކެނޑުނެވެ.

ޓްރާންސްފޯމަރުތަކަށް ގެއްލުންދީ، ވައްކަން ކުރުން އާންމު ކަމަށް ވަނީ ވެފަ އެވެ. އަދި މިދިޔަ އަހަރު ޓްރާންސްފޯމަރަށް ގެއްލުން ދޭން އުޅެނިކޮށް ކަރަންޓުގައި ޖެހި މީހަކު މަރު ވެސް ވި އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް