Monday, 2 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޑިމޮކްރެޓްސްގެ އާ ރައީސް އިންތިހާބުކުރުން ފެބްރުއަރީ 15 ގައި

ޑިމޮކްރެޓްސްގެ އާ ރައީސް އިންތިހާބުކުރުން ފެބްރުއަރީ 15 ގައި

ޑިމޮކްރެޓްސްގެ އާ ރައީސް އިންތިހާބުކުރުން އަންނަ ފެބްރުއަރީ މަހު 15 ވަނަ ދުވަހު ކުރިއަށް ގެންދަން އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމައިފި އެވެ.

ރާއްޖޭގެ މައި ދެ  ޕާޓީގެ ތެރޭގައި ހިމެނޭ އެމްޑީޕީން ނުކުމެ އުފެއްދި ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފާއި ފިރިހެން ނައިބު ރައީސް މުހައްމަދު ޝިފާޒު ވަނީ އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިރުޝާދުން އެމަނިކުފާނުގެ ވަފާތެރިން އިސްވެ އުފެއްދި ޑިމޮކްރެޓްސްގެ ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފަ އެވެ.

Advertisement
Ooredoo — Truecaller (box)

ޕާޓީގެ ގައުމީ މަޖިލީހުން ނިންމި ގޮތުގައި ކުރިމަތިލާން ހުޅުވާލީ މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް، އަންނަ ބުރާސްފަތި ދުވަހުގެ  މެންދުރު 12:00 ގެ ނިޔަލަށެވެ.

ބުރާސްފަތި ދުވަހު ވޯޓުލެވޭ މެންބަރުންގެ ވަގުތީ ލިސްޓު އާންމުކޮށް ހޮނިހިރު ދުވަހުގެ ނިޔަލަށް ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ވެސް ޕާޓީން ނިންމި އެވެ. ދާއިމީ ލިސްޓު އާދީއްތަ ދުވަހު އާންމުކުރާނެ އެވެ.

ހަސަން ލަތީފާއި ޝިފާޒުގެ އިތުރުން ، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އާއި ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުކަން ކުރައްވާފައިވާ ކުރީގެ މެންބަރު އަލީ އާޒިމް ވެސް ވަނީ އެމްޑީޕީއާ ގުޅިފަ އެވެ.

ޑިމޮކްރެޓްސްގެ ރައީސްއަށް ހަސަން ލަތީފް ހޮވުނު އިންތިހާބުގައި އޭނާއާ ވާދަކުރެއްވީ ވެސް އަމްރެވެ. އަދި އަމްރަކީ އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ރަނިން މޭޓެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް