Monday, 2 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މިނިވަން ވިޔަފާރިއާއެކު ދެ މިލިއަނެއްހާ ރުފިޔާގެ މުދާ ޗައިނާއިން އެތެރެކޮށްފި

މިނިވަން ވިޔަފާރިއާއެކު ދެ މިލިއަނެއްހާ ރުފިޔާގެ މުދާ ޗައިނާއިން އެތެރެކޮށްފި

ޗައިނާއާއި ރާއްޖެއާ ދެމެދު އެކުލަވާލި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން މިހާތަނަށް ދެ މިލިއަނެއްހާ ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކުލަވާލި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް  ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެއަށް އަމަލުނުކޮށް ބޭއްވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެއްބަސްވުން އާކޮށް އަމަލުކުރަން ނިންމި އެވެ. އެ ގޮތުން މި އަހަރު ފެށުމާއެކު އަމަލުކުރަން ފެށި އެވެ.

Advertisement
HDC — Sidebar (box)

ކަސްޓަމްސްއިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ޗައިނާއިން ރާއްޖެއަށް އެތެރެކުރި މުދަލުގެ ތެރެއިން 1.9 މިލިއަން ރުފިޔާގެ މުދާ ވަނީ ކްލިއާ ކޮށްދީފަ އެވެ.

އޭގެ ތެރޭގައި ވައިގެ މަގުން އެތެރެކުރި ނުވަ ޝިޕްމަންޓަކާއި ކަނޑުމަގުން އެތެރެކުރި ތިން ޝިޕްމަންޓްއެއް ހިމެނެ އެވެ.

އޭގެ ތެރެއިން އެއް މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވަނީ ކަނޑުމަގުން ނެވެ.

https://twitter.com/CustomsMv/status/1881366723808698391

ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޗައިނާއިން ރާއްޖެއަށް އިމްޕޯޓްކުރާ 70 އިންސައްތަ އައިޓަމުން ޑިއުޓީ ނުނަގަ އެވެ. އަދި ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ 95 އިންސައްތަ އައިޓަމުން ވެސް ޑިއުޓީ ނުނަގަ އެވެ.

އޭގެ އިތުރުން ރާއްޖެއިން އެކްސްޕޯޓް ކުރެވޭ މަހާއި ސީފުޑްގެ ހުރިހާ ބާވަތްތަކެއް، ސުން ރޭޓުގައި ޗައިނާ މާކެޓަށް އެކްސްޕޯޓް ކުރެވެ އެވެ. މިއީ ރާއްޖޭގެ މަހުގެ އެކްސްޕޯޓް އިތުރުކުރެވި، މަހުގެ ބާވަތްތައް ޕްރޮސެސް ކުރުމަށް މަގުފަހި ކުރެވި، މަހަށް ރަނގަޅު އަގު ހޯދުމަށް ލިބިގެންދިޔަ ފުރުސަތެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި މިނިވަން ވިޔަފާރީގެ އެ އެއްބަސްވުމަކީ ރާއްޖޭގެ އެކްސްޕޯޓް އަދި އުފެއްދުންތެރިކަން އިތުރު ކުރުމަށް ހުޅުވިގެން ދިޔަ ފުރުސަތެކެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތަކުން ޗައިނާ ފަދަ ބިޔަ މާކެޓަކާ އެކީ ވިޔަފާރިކުރަން ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުން މުހިންމު ކަމަށް ވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް