Monday, 2 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މަޖީދިއްޔާގެ ޕްރިންސިޕަލް ރިޓަޔާކުރަނީ

މަޖީދިއްޔާގެ ޕްރިންސިޕަލް ރިޓަޔާކުރަނީ

ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލު, މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕް އައިޝަތު މުހައްމަދު ސޯލިހު ރިޓަޔާކުރަން ނިންމައިފި އެވެ.

ތައުލީމީ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ އައިޝަތު ސޯލިހު މަޖީދިއްޔާ ރިޓަޔާކުރަން ހުށަހަޅާފައިވާކަން އެޑިއުކޭޝަން މިނިސްޓަރީގެ އޮފިޝަލަކު ވަނީ "ދެން" އަށް މިއަދު ޔަގީންކޮށްދީފަ އެވެ.

އެނގިފައިވާ ގޮތުން މަޖީދިއްޔާ ސްކޫލުގެ ފުރަތަމަ އަންހެން ޕްރިންސިޕަލް، އައިޝަތު ސޯލިހު ރިޓަޔާކުރައްވަނީ މާދަމާ ކަމަށް މައުލޫމާތު ލިބެ އެވެ. އައިޝަތުގެ ވަދާއި އެސެމްބްލީ މަޖީދިއްޔާ ސްކޫލުގައި މާދަމާ އޮންނާނެ އެވެ.

Advertisement
Allied Insurance — Square (box)

މަޖީދިއްޔާގެ އެސިސްޓެންޓު ޕްރީންސިޕަލްގެ މަގާމުގެ އިތުރުން ތާޖުއްދީން ސްކޫލުގެ ޕްރީންސިޕަލްގެ މަގާމުވެސް އައިޝަތު އަދާކޮށްފައިވެ އެވެ. އޭނާ ވަނީ މީގެ ކުރިން ޖަމާލުއްދީން ސްކޫލާ އިމާދުއްދީން ސްކޫލުގައި މަސައްކަތްކޮށްފަ އެވެ.

ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ޑިގްރީ އާއި މާސްޓާސް ހަދާފައިވާ އައިޝަތު ސޯލިހު އެންމެ ފުރަތަމަ ޓީޗަރެއްގެ ގޮތުގައިވެސް މަސައްކަތްކުރީވެސް މަޖީދިއްޔާގަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް