Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރޫހާނީ ފަރުވާދޭން އުޅުނު އިންޑިއާ 3 މީހަކު ހައްޔަރުކޮށް، ޑީޕޯޓްކުރަނީ

ރޫހާނީ ފަރުވާދޭން އުޅުނު އިންޑިއާ 3 މީހަކު ހައްޔަރުކޮށް، ޑީޕޯޓްކުރަނީ
ރާއްޖޭގައި ރޫހާނީ ފަރުވާދޭން އުޅުނުކަމުގެ ތުހުމަތުގައި އިންޑިއާގެ 3 މީހަކު ހައްޔަރުކޮށް، އެ މީހުން ޑީޕޯޓްކޮށްލުމުގެ މަސައްކަތް މޯލްޑިވްސް އިމިގްރޭޝަނުން ފަށައިފި އެވެ. އިމިގްރޭޝަނުން 'އެކްސް' ގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަންގައި އެ 3 މީހުން ހައްޔަރުކޮށްފައިވަނީ އިއްޔެ ކަމަށެވެ. އެމީހުން މިހާރު ތިބީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގަ އެވެ. ހައްޔަރުކުރި 3 މީހުންނަކީ:
  • ދަނަންޖޭ ބައިލަޕަތީ (18އ)
  • ނާގަރާޖަ ބައިލަޕަތީ (39އ)
  • ސްރީހަރިވަނަމް (25އ)
"އެ މީހުން ޑީޕޯޓްކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ" އިމިގްރޭޝަނުން ކުރި ޕޯސްޓުގައި ބުންޏެވެ. ރޫހާނީ ފަރުވާދޭން އުޅުނު 3 މީހަކު ޑީޕޯޓް ކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ފަށާފައިވާއިރު، މާސްޓާ ދުރްގާ ރާއޯ ގުރުޖީ ނަމަކަށް ކިޔާ މީހަކު ރާއްޖޭގައި ރޫހާނީ ފަރުވާގެ ހިދުމަތްތަކެއް ދޭކަމަށް ބުނެ ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންދާ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ. ދިވެހިންގެ ސަގާފަތާއި ދީނާ ހިލާފު އެފަދަ ކަންކަމުގެ މައުލޫމާތު އެކަކު އަނެއްކަކާ ހިއްސާ ކުރުމުގެ ބަދަލުގައިވީ އެންމެ އަވަހަކަށް ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށް ފުލުހުން ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް