Monday, 2 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކެފޭއަކަށް ބޮޑެތި ގެއްލުން ދިން މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ކެފޭއަކަށް ބޮޑެތި ގެއްލުން ދިން މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ކެފޭއަކަށް ވަދެ އެތަނުގެ ތެރޭގައި ތިބި މީހުންނަށް ބިރު ދައްކައި، ބޮޑެތި ގެއްލުންތަކެއް ދިން މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެ މައްސަލާގައި ފުލުހުންގެ ހައްޔަރަށް ގެންދިޔައީ މާލެއަށް ނިސްބަތްވާ 28 އަހަރުގެ ފިރިހެނެކެވެ.

މީގެ ކުރިން އޭނާގެ ބަންދަށް 10 ދުވަސް ޖަހައިދިން އިރު އޭނާާގެ ބަންދުގެ މުއްދަތު ހަމަވާތީ ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން ވަނީ އޭނާގެ ބަންދަށް އިތުރު ހަތް ދުވަސް ޖަހައިދީފަ އެވެ.

Advertisement
Allied Insurance — Square (box)

މީގެ ކުރިން ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން އޭނާ ކެފޭއަށް ގެއްލުން ދިނީ އިތުުރު ބަޔަކާ ބައިވެރިވެގެން ނެވެ.

އަދި ކެފޭއަކަށް ވަދެ އެ ތަނުގެ ތެރޭގައި ތިބި މީހުންނަށް ބިރު ދައްކައި މުދަލަށް ގެއްލުންދިން އިރު، ގެއްލުމުގެ އަގު 50،000 ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބުނެފައި ވެއެވެ.

ވެމްކޯގައި ވަޒީފާ އަދާކުރަމުންދާ އެ މުވައްޒަފުގެ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑް އޮންނަ ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް