Monday, 2 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ގައްދޫގައި ބޮޑު އަގު ނަގައިގެން ޓިއުޝަންދޭ ބިދޭސީ ޓީޗަރުންނަށް ފިޔަވަޅު އަޅަނީ

ގައްދޫގައި ބޮޑު އަގު ނަގައިގެން ޓިއުޝަންދޭ ބިދޭސީ ޓީޗަރުންނަށް ފިޔަވަޅު އަޅަނީ

ގދ ގައްދޫގައި ބިދޭސީ ޓީޗަރުން ނުކަތާވަރުގެ ބޮޑު އަގުނަގައިގެން ޓިއުޝަންދޭ މައްސަލަ ބޮޑުވެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ކައުންސިލުން ދީފި އެވެ.

ގައްދޫ ކައުންސިލުން ސަރުކާރުގެ ގެޒެޓުގައި އިއްޔެ އާއްމުކުރި <a href="https://www.gazette.gov.mv/iulaan/324620">އިއުލާނެއްގައި</a> ބުނީ ނިޒާމީ ތައުލީމު ދާއިރާގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރުން އާންމުނަށް ނުކަތާވަރުގެ އަގު ކަނޑައަޅައިގެން ރަށުތެރޭގައި ޓިއުޝަންދޭކަމުގެ ޝަކުވާ ކެނޑިނޭޅި ކައުންސިލަށް ލިބެމުންދާ ކަމަށެވެ.

އެހެންވެ އިއްޔެއިން ފެށިގެން ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ހޯމް ލޭންޑް މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީއާ އެކު ކައުންސިލުން މަސައްކަތް ފަށާފައިވާ ކަމަށް ގައްދޫ ކައުންސިލުން ބުންޏެވެ.

Advertisement
Ooredoo — Truecaller (box)

<strong>"ދެންނެވުނު ކަމަކީ ގާނޫނާއި ހެދިފައިހުރި ގަވާއިދުތަކާއިވެސް ހިލާފު ކަމަކަށްވާއިރު ރަށުގެ ނިޒާމީ ތައުލީމު ފެންވަރު ރަނގަޅު ގޮތެއްގައި ހަމަހަމަކަމާއިއެކު ކިޔަވާ ކުދިންނަށް ފޯރުކޮށްދިނުމުގައި ބުރޫއަރާނެ ކަމެއްކަމުގައި ކައުންސިލުން ދެކެމެވެ" </strong>ކައުންސިލުން ބުންޏެވެ.

އެ އެންގުމާއި، ހިލާފަށް ގަވާއިދާއި ހިލާފަށް ހިތުހުރި ގޮތަކަށް އަމިއްލައަށް މުސާރައާއި އަގުހަދައިގެން ގަވާއިދާއި ހިލާފަށް ގައްދޫގައި ޓިއުޝަން ދެމުންގެންދާ ޓީޗަރުންނަށް، އިމިގްރޭޝަންގެ ގާނޫނާއި އަދި ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމަށް ކަމާއިގުޅޭ އިދާރާއަށް ފޮނުވާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް