Monday, 2 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ސެނަހިޔާ ކައިރިން ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން ބަޔަކު ހައްޔަރުކޮށްފި

ސެނަހިޔާ ކައިރިން ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން ބަޔަކު ހައްޔަރުކޮށްފި
މި މަހުގެ 15 ވަނަ ދުވަހު ސެނަހިޔާ ހޮސްޕިޓަލް ބިތްދޮށުގައި އޮންނަ ރަތްވިލާމަގުން ދުއްވާފައި ދިޔަ ސައިކަލެއްގައި އިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، އެ މީހުންގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފި އެވެ. ސެނަހިޔާ ހޮސްޕިޓަލު ކައިރީގައި ޒަހަމްތަކަކާއެކު އޮއްވައި މީހަކު ފެނުނު ވާހަކަ ފުލުހުން ވަނީ މީގެ ކުރިން މީޑިއާ ހިއްސާކޮށްފަ އެވެ. އެ މައްސަލާގައި އޭރު ފުލުހުން ބުނިހާވެސް ވާހަކަ އަކީ އެ މީހާއަށް ސެނަހިޔާ  ގައި ފަރުވާދީ މައްސަލަ ބަލަމުންދާ ކަމަށެވެ. މި ފަހަކަށް އައިސް ގޭންގު މާރާމާރީތައް ހިނގާލެއް ގިނަވާތީވެ މީޑިއާތަކަށް މައުލޫމާތު ދޭން ފުލުހުން ހަދާފައިވާ ވަޓްސްއެޕް ގްރޫޕުގައި ނޫސްވެރިއަކު ސުވާލުކުރުމުން, މި މަހު ހިނގި ގޭންގު މާރާމާރީގެ ދެ ކޭސްއެއްގެ މައުލޫމާތު ފުލުހުން ވަނީ ހިއްސާކޮށްފަ އެވެ. ފުލުހުން މިއަދު ބުނީ ސެނަހިޔާ ކައިރިން ޒަހަމްތަތަކާއެކު ފެނުނު މީހާގެ ކޭސް އަކީ ގޭންގު މާރާމާރީއެއް ކަމަށެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މީހާ އަށް ހަމަލާދީ ޒަހަމްކޮށްލާފައިވަނީ ހެނދުނު 8:17 އެހާކަންހާއިރު ކަމަށެވެ. އެ މައްސަލާގައި ފުލުހުންގެ ހައްޔަރަށް ގެންދިޔަ 2 މީހުންނަކީ:
  • ހ. ރޯޒެންޑޭލް، ސަފްވާން ޒުފްރަތު (29އ)
  • ށ. ފޭދޫ، އުދަރެސް، އަލީ ނާޝީދު (34އ)
މީޑިއާ އޮފިޝަލް ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން އެތަނުން އެކަކު ހައްޔަރުކުރީ ހަމަލާދިންތާ 5 ދުވަސް ފަހުން، ހުސްވި ހަފްތާގެ ހޯމަ ދުވަހު އެވެ. ދެވަނަ މީހާ ހައްޔަރުކުރީ ޖެހިގެން އައި އަންގާރަ ދުވަހު ކަމަށެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ދެ މީހުންވެސް 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ރޭވެސް މާރާމާރީއެއް ހިންގައި ފިހާރައެއް ކައިރިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވެ އެވެ. އެ މާރާމާރީގައި އަނިޔާ ލިބުނު މީހާއަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ވަނީ ދޫކޮށްލާފަ އެވެ. އެ މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. މައްސަލަ ފުލުހުންގެ ގޭންގް ކްރައިމް އިންވެސްޓިގޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް