Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރޯދައަށް ތިނަދޫ ކައުންސިލްގެ ވަރުގަދަ ގަވައިދެއް، މުނިފޫހިފިލުވުމުގެ ހަރަކާތްތައް މަނާ

ރޯދައަށް ތިނަދޫ ކައުންސިލްގެ ވަރުގަދަ ގަވައިދެއް، މުނިފޫހިފިލުވުމުގެ ހަރަކާތްތައް މަނާ
ކުރިއަށް ރޯދަ މަހު ގދ. ތިނަދޫގައި ކުޅިވަރު ހަރަކާތްތަކެއް ނުވަތަ މުނިފޫހި ފިލުވުމުގެ ހަރަކާތްތަކެއް އެއްވެސް މިންވަރަކަށް އިންތިޒާމްކޮށް ނުހިންގުމަށް އިލްތިމާސްކޮށް، އެ ރަށު ކައުންސިލުން ވަރުގަދަ ގަވައިދެއް އެކުލަވައިލައިފި އެވެ. ކައުންސިލުން އެހެން އިލްތިމާސްކުރީ "ރަމަޝާން މަހުގެ ހުރިހާ ކަމެއް އަޅުކަމަށް މަގުފަހި ކުރުވުން" ނަމުގައި ނެރުނު އިއުލާނެއްގަ އެވެ. ސަރުކާރުގެ ގެޒެޓުގައި ކުރި އިއުލާނުގައި ބުނީ މިއަހަރުގެ ރޯދަ މަހަކީ ވެސް ރައްޔިތުންގެ މެދުގައި އިސްލާމީ ރިވެތި އާދަކާދައާއި އުސޫލުތައް އާލާވާން ފުރުސަތު ފަހިވާ ހާއްސަ ދުވަސް ތަކަކަށް ހެދޭތޯ ކައުންސިލުން އަދާކުރަންޖެހޭ ދައުރު އަދާކުރާނެ ކަމަށެވެ. އެގޮތުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންތައްތަކެއް ކައުންސިލުގެ އިއުލާނުގައި ލިސްޓުކޮށްފައިވެ އެވެ.
  1. ރަސްމީ އަދި ނުރަސްމީ ޓީމުތަކާއި ގްރޫޕްތަކުން ވެސް ރޯދަ މަހާ ކުރިމަތިލާއިރު އެ މަހުގެ މަގްސަދު ހާސިލުކޮށްދިނުމަށް އެކަކު އަނެކަކަށް މަގުފަހި ކުރެވޭނޭހެން ކަންކަން ތަރުތީބުކޮށް އިންތިޒާމް ކުރުމަށް ހާއްސަ ސަމާލު ކަމެއް ދިނުން.
  2. ނަމާދުތަކުގެ ވަގުތުތަކާއި، ރޯދަވީއްލުމުގެ ވަގުތުތަކަށް ފުށު ނާރާނެހެން، އަދި އެއްވެސް މީހަކަށް ދަތިނުވާނެހެން ރަސްމީ ތަންތަނުގެ ޑިއުޓީތަކާއި އެހެނިހެން ރަސްމީ އަދި ނުރަސްމީ ކަންކަން އިންތިޒާމް ކުރުން.
  3.  ދުވާލުގެ ވަގުތުވެސް، އަދި ހާއްސަކޮށް ރޭގަނޑުގެ ވަގުތުތަކަށް އެއްވެސް ބާވަތެއްގެ ކުޅިވަރު ހަރަކާތްތަކެއް ނުވަތަ މުނިފޫހި ފިލުވުމުގެ ހަރަކާތްތަކެއް އެއްވެސް ބަޔަކު އެއްވެސް މިންވަރަކަށް އިންތިޒާމްކޮށް ނުހިންގުން.
  4. އިޖުތިމާއީ ހަރަކާތްތައް ހިންގުމަށް ދޫކޮށްފައިވާ ތަންތަނުގައި ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ހަރާކާތްތައް އާއްމުކޮށް ހުޅުވާލައިގެން ނުވަތަ އެނޫންގޮތަށް ވިޔަސް ނުބޭއްވުން.
  5. ރޯދައާ ގުޅުންހުރި ހަރަކާތެއް ރޭވިޔަސް، އެކަމެއް ދުރާލާ ރާވައި، ގުޅުންހުރި ހުރިހާ ފަރާތްތަކަށް އަންގައި، އަޅުކަމުގެ ވަގުތުތަކަށް ދަތިނުވާނެހެން އިންތިޒާމު ކުރުން
ކައުންސިލުން ބުނީ އެ ކަންކަން ކުރިޔަށް ގެންދިއުމަށްޓަކައި އެއްބާރުލުން ނުދޭ ފަރާތްތަކާއި ގަސްތުގައި އެ އުސޫލުތަކާއި ހިލާފަށް އަމަލުތައް ބަހައްޓާ ފަރާތްތަކަށް އެއިން އެއްވެސް ކަމެއްގައި ކައުންސިލުގެ އެއްބާރުލުން ނުލިބޭނެ ކަމަށެވެ. ''އަދި މިކަންކަމާއި ހިލާފަށް އަމަލުތައް ބަހައްޓާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ޖެހޭ ހާލަތުގައި މިއިދާރާއިން އެފަދަ ފިޔަވަޅުވެސް އަޅަމުންގެންދާނެ ވާހަކަ ދަންނަވަމެވެ" ތިނަދޫ ކައުންސިލުގެ އިއުލާނުގައި ބުންޏެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް