ރައީސް ހޮސްޕިޓަލުން ދޫކޮށްލައިފި، ހާލުކޮޅު ރަނގަޅު

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ތައިރޯޑް އޮޕަރޭޝަނަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
ރައީސް ޞާލިޙް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދު ހޮސްޕިޓަލުން ދޫކޮށްލައިފައިވާ ކަމަށާއި، ހާލުކޮޅު ރަނގަޅު ކަމަށެވެ. އަދި ވަރަށް އަވަހަށް ރާއްޖެއަށް އެނބުރި ވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އެ މަނިކުފާނަށް ހެޔޮ ދުޢާކުރެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.
https://twitter.com/ibusolih/status/1498513388028465152?s=21
ރައީސުލްޖުމްހޫރިއްޔާ، ތައިރޮއިޑް ފަރުވާއަކަށް އޮޕަރޭޝަނެއް ކުރެއްވީ މިދިޔަ މަހުގެ25 ވަނަ ދުވަހުއެވެ.







ކޮމެންޓް