Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ތިނަދޫ ކައުންސިލުގެ ތުހުމަތު އޭސީސީން ދޮގުކޮށްފި

ތިނަދޫ ކައުންސިލުގެ ތުހުމަތު އޭސީސީން ދޮގުކޮށްފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ގދ. ތިނަދޫ ސިޓީ ކައުންސިލުގެ އިދާރާގެ މުދާތަކެއް ވަގަށް ގެންދިޔަ ކަމަށް ކައުންސިލުން ކުރާ ތުހުމަތު އޭސީސީން ދޮގުކޮށްފި އެވެ.

ތިނަދޫ ކައުންސިލުގެ ފޭސްބުކް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ އެ ކައުންސިލުން ގިނަ އަދަދެއްގެ ތަކެތި އޭސީސީ ނަމުގައި ބަޔަކު ވަގަށް ގެންގޮސްފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހަށް ހުށަހަޅައި ބަލަމުންދާތީ ކައުންސިލުގެ ބައެއް ހިދުމަތްތައް މެދު ކެނޑިފައިވާ ކަމަށްވެސް ކައުންސިލުގެ ޕޯސްޓުގައި ބުންޏެވެ.

އެ ޕޯސްޓު ހިއްސާކޮށް ފުލުހުންގެ މީޑިއާ ގްރޫޕުގައި ނޫސްވެރިއަކު ސުވާލުކުރުމުން މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލައެއް ފުލުހަށް ހުށަހެޅިފައިވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

"މިހާތަނަށް ބެލިބެލުމުން އެފަދަަ ކަމެއް ހިނގާފައިވާ ކަމަށް ނުބުލެވޭ" އޮފިޝަލް ވިދާޅުވި އެވެ.

ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ، އެ ކޮމިޝަނުން ތަހުގީގުކުރަމުންދާ މައްސަލަތަކަކާ ގުޅިގެން ކޮމިޝަނުގެ ޓީމެއް މިއަދު ކައުންސިލުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.
<iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FGDh.Thinadhoo.Council%2Fposts%2Fpfbid02eU8KrTrMrpAmLReZuwr8p7jouuEQbin9E2chk2eUrXueCasjdWedoQd6EPrF7RD1l&amp;show_text=true&amp;width=500" width="500" height="250" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe>

&nbsp;

ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅޭގޮތުން ތަހުގީގަށް ބޭނުންވާ ލިޔެކިޔުން ހޯދުމުގެ މަސައްކަތްވެސް ކުރިކަމަށްވެސް އޭސީސީން ބުންޏެވެ. އެކަމަކު އެއީ ކޮން މައްސަލައެއް ކަމެއް އޭސީސީން ނުބުނެ އެވެ.

އޭސީސީން ބުނީ އެކަމުގައި ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިފައިނުވާ ކަމަށެވެ. ނަމަވެސް ކޮމިޝަނުގެ ގާނޫނީ އިމުގެ ތެރެއިން އެންމެހާ އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު ތަހުގީގަށް ބޭނުންވާ ލިޔެކިޔުން ހޯދާފައިވާ ކަމަށް ބުންޏެވެ.

"އަދި މި ކޮމިޝަނާ ގުޅޭގޮތުން ފަތުރަމުންދ،ާ ހަގީގަތާ ހިލާފު މައުލޫމާތަކީ
ބަލައިގަނެވޭނެ ކަމެއް ނޫންކަމާއި އަދި އެކަމާމެދު މި ކޮމިޝަނުން އިންތިހާއަށް ކަންބޮޑުވާކަން ފާހަގަކުރަމެވެ" އޭސީސީން ބުންޏެވެ.

ތިނަދޫ ކައުންސިލުގެ ގިނަ މައްސަލަތަކެއް އޭސީސީން ދަނީ ބަލަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް