ރާއްޖެ އާއި އިންޑިއާގެ ހައިލެވެލް ކޯ ގްރޫޕުގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި އެވެ.
ހައިލެވެލް ކޯ ގްރޫޕަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާއެކު ބޭއްވުނު ބައްދަލުވުމަށްފަހު އެކުލަވާލެވުނު ތަސައްވުރު ތަންފީޒުކުރުމަށް ދެ ގައުމުގެ ދެމެދުގައި މަޝްވަރާކުރަން އެކުލަވާލި ގްރޫޕެކެވެ.
'އަ ވިޝަން ފޮ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނަޝިޕް' ގައި ހިމެނޭ ކަންތައްތައް ތަންފީޒުކުރުމާ ބެހޭގޮތުން ދެ ގައުމުގެ މެދުގައި މަޝްވަރާކުރުމަށް ބޭއްވުނު ފުރަތަމަ ބައްދަލުވުން ބޭއްވީ ފޮރިން މިނިސްޓްރީގަ އެވެ.
އިއްޔެ ބޭއްވި އެ ބައްދަލުވުމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނީ ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުންނާއި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ. އެގޮތުން އިގުތިސޯދީ، ސިއްހީ، ޑިޖިޓަލް ފައިނޭންސިން އަދި މެރިޓައިމް ސެކިއުރިޓީ ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އިތުރަށް ބުނި ގޮތުގައި ހައިލެވެލް ކޯ ގްރޫޕުގެ ދެވަނަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހު އިންޑިއާގައި ކަމުގަ އެވެ.
ބޭނުންކަމެއްނޫން. ދިވެހި ޤައުމަށްކުރިއެރުމެއް ލިބެންއެދޭ ބައެއްނޫން. ޤައުމުގެ ރައްޔިތުންގެ 20% ވިހާ މަރުވެދަނީ ޕޭމެންންޓް ތަކުގެމަތީގައި. ޤަޟާޙާޖާކުރަނީ ރޭލްވޭތަކުގެ ކައިރިއަށް..