Monday, 2 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މަޖިލިސް މެމްބަރުންތަކެއް ގާނޫނީ ދާއިރާއިން ޑިގްރީ ހައްދަވަނީ

މަޖިލިސް މެމްބަރުންތަކެއް ގާނޫނީ ދާއިރާއިން ޑިގްރީ ހައްދަވަނީ

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައި ޝަރީއާ އެންޑް ލޯގެ ދާއިރާއިން ޑިގްރީއަށް، ކުރިއަށް އޮތް ސެމިސްޓާގައި ކިޔެވުން ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ތައްޔާރުވެއްޖެ އެވެ.

ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލުކުރަން ބޭނުންވާ މެންބަރުންނަށް އެ ފުރުސަތު ހޯދައި ދިނުމަށް އިސްނެންގެވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

ރިޔާސަތާ ހަވާލުވެވަޑައިގަތުމަށްފަހު އެކަން ކުރިއަށް ގެންދެވޭނެ ގޮތަކާ ގުޅޭ ގޮތުން އަބްދުއްރަހީމް، އައިޔޫއެމްއާ އެކު މަޖިލީހުގެ އިދާރާގައި މަޝްވަރާ ކުރައްވާފައިވެ އެވެ.

Advertisement
Ooredoo — Square (box)

https://twitter.com/mvpeoplesmajlis/status/1798684221386740096

އޭގެ ފަހުން މެންބަރުންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއްވެސް ކުރިއަށް ދިޔަ އެވެ.

މަޖިލީހުގެ ބައެއް މެންބަރުން "ދެން" އަށް މިއަދު ވިދާޅުވީ ލޯ އިން ޑިގްރީ ހާސިލުކުރަން ގިނަ އަދަދެއްގެ މެމްބަރުން ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ. އައިޔޫއެމްގެ އެ ކޯހަކީ 4 އަހަރު ދުވަހުގެ ކޯހެކެވެ.

<strong>"އެކަމަށް އެދި ބޭނުންވާ މެންބަރުންނަށް ފުރުސަތު އޮތްކަން އިއުލާންކުރީމަ ހާއްސަކޮށް ގާނޫނީ ދާއިރާއިން ޑިގްރީ ބޭނުންވާ މެންބަރުންތައް ބޭނުންފުޅުވީ އެއާއެކު ކުރިއަށްދާން، ވަރަށް މުހިއްމުވެސް ކަމެއް އެއީ"</strong> އެކަން ރަސްމީކޮށް އަދި އިއުލާން ނުކުރާތީ ނަން ހާމަނުކުރަން ޝަރުތުކޮށް މައުލޫމާތު ދިން މެންބަރަކު ވިދާޅުވި އެވެ.

ކޯހަށް ކުރިމަތިލެއްވި މެމްބަރަކު ވިދާޅުވީ 23 މެމްބަރަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް ޝަރުތު ހަމަވީ 17 މެންބަރެކެވެ. ޝަރުތު ހަމަނުވާ މެމްބަރުންނަށް ފައުންޑޭޝަން ކޯހެއް ހެދުމުގެ ފުރުސަތު ވަނީ ދީފަ އެވެ.

މެންބަރުންގެ ކްލާސްތައް ކުރިއަށް ގެންދާނީ ވަކިން ކަމެއް ނުވަތަ އެހެން ދަރިވަރުންނާ އެކު ކަމެއް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ.

އެ ކޯސްތަކަށް ހަރަދު ކުރާނީ ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމުން ކަމެއް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ހަރަދުގައި ކަމެއް އަދި ނިންމާފައެއް ނުވެ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް