Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

 ހުރިހާ ކަމެއް އެއް ކުންފުންޏަކުން ކުރާ ގޮތަށް މަޝްރޫއުތައް ހަވާލުކުރަނީ

 ހުރިހާ ކަމެއް އެއް ކުންފުންޏަކުން ކުރާ ގޮތަށް މަޝްރޫއުތައް ހަވާލުކުރަނީ
މީގެ ފަހުން ސަރުކާރުން މަޝްރޫއުތައް ހަވާލުކުރާނީ އެ ހަވާލުކުރާ ކުންފުންޏަކުން ހުރިހާ ކަމެއް ކުރާ ގޮތަށް ކަމަށާއި، ހުއްޓިފައި ހުރި މަޝްރޫއުތަކުގެ ކޮންޓްރެކްޓްތައް ބާތިލުކޮށް ސަރުކާރުގެ ކުންފުނިތަކާ އެ މަސައްކަތްތައް ހަވާލުކުރުމުގެ ސިޔާސަތެއް އެކުލަވައިލައިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. ހއ. އުލިގަމު ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ބައެއް މަޝްރޫއުތައް ކުރިއަށްނުދާ ސަބަބު ތަފްސީލުކޮށް ވިދާޅުވެދެއްވާފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި މަޝްރޫއުތަކުގެ ތެރެއިން ހިންގަން ޖެހޭ އެކި ކަންކަން ހަވާލުކޮށްފައި ހުރި ތަފާތު ކުންފުނިތަކަކަށް ކަމަށެވެ. އުލިގަމުގެ ފުޓްބޯޅަ ދަނޑުގެ މަޝްރޫއުއިން މިސާލު ނަންގަވައި ރައީސް ވިދާޅުވީ އެ މަޝްރޫއު ނިމޭއިރުވެސް ދަނޑަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަވެފައިނުވާ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ދަނޑުގެ ޓާފް އެޅުން ވަކި ކުންފުންޏަކަށް އަދި ފެންސު ޖެހުން ފަދަ މަސައްކަތް ވަކި ކުންފުންޏަކަށް ހަވާލުކޮށްފައި އޮތުމުންނެވެ. "އެއްވެސް މަޝްރޫއެއް އެއްކޮށްދާ ގޮތަށް ގޮސް ނިންމޭ ކަހަލަ ގޮތަކަށް ނޫން ހުރީ" - ރައީސް "ކުރިއަށް އޮތް ތަނުގައި ފުލް ޕްރޮޖެކްޓް މަޝްރޫއުތައް ހަވާލުކުރަނީ" ރައީސް ވިދާޅުވީ މިހާރު ހުއްޓިފައި ހުރި މަޝްރޫއުތައް ސަރުކާރު ކުންފުނިތަކާ ހަވާލުކުރުމަށް އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން އެޓާނީ ޖެނެރަލްގެ އޮފީހުން ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
އޭގެ ތެރޭގައި އެބަ ހިމެނޭ ކޮންޓްރެކްޓް އޮންނަ އުސޫލުގެ ތެރެއިން ޓާމިނޭޓް ކުރަންޖެހޭ ފަރާތްތައް ޓާމިނޭޓްކޮށް މި ދެންނެވިހެން މަސައްކަތް ހިނގާ ގޮތަށް ސަރުކާރުގެ ކުންފުންޏަކާ ހަވާލުކުރުން - ރައީސް މުއިއްޒު
ސަރުކާރު ކުންފުނިތަކާ ހަވާލުކުރުމުން ރަށްރަށުގައި ހުއްޓިފައި ހުރި ކުޅިވަރާއި، ކުނިމެނޭޖް ކުރުން، ހެލްތުގެ މަޝްރޫއުތަކުގެ އިތުރުން ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއުތައް އަވަހަށް ފަށައިގަނެވޭނެ ކަމަށް ރައީސް ގަބޫލުފުޅު ކުރައްވަ އެވެ. "މި ހުރިހާ އެގްރީމެންޓެއް ޓާމިނޭޓްކޮށް ސަރުކާރުގެ ކޮންޓްރޯލް އޮންނަ ކުންފުނިތައް މެދުވެރިކޮށް ރީސްޓާޓް ކުރުމުގެ މަސައްކަތް މިދިޔަ ހަފްތާ މި ހަފްތާ އަދި ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭގައި އެއްކޮށް ނިމޭނެ" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް