Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އެމްޑީޕީ އުޅެނީ ހަޖަމުނުވެގެން، ދެން ވެސް ބަލިކުރާނަން: ޝުޖާއު

އެމްޑީޕީ އުޅެނީ ހަޖަމުނުވެގެން، ދެން ވެސް ބަލިކުރާނަން: ޝުޖާއު

މިރޭ އިދިކޮޅު އެމްޑީޕީން މަގުމައްޗަށް ނުކުމެ އުޅެނީ ވެރިކަން ގެއްލުމުން ހަޖަމު ނުވެގެން ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އަދި އެ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ދެންމެއަކު ވިދާޅުވެއްޖެ އެވެ.

<span class="css-1jxf684 r-bcqeeo r-1ttztb7 r-qvutc0 r-poiln3">ޝުޖާއު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނު އަސާސީގެ ދިފާއުގައި ކަމަށް ބުނެ އެމްޑީޕީން ހަދަނީ ދޮގު ކަމަށެވެ.</span>

<span class="css-1jxf684 r-bcqeeo r-1ttztb7 r-qvutc0 r-poiln3">"ވެރިކަމުން ބޭލީމަ ތި އުޅެނީ ހަޖަމު ނުވެގެން. ދިވެހި ރައްޔިތުންނާއި މި ގައުމު ފުޑާލާފަ އޮތީ ތިބޭފުޅުން.ހަ އްޤުވެރިން އަތުން ފުލެޓާއި ނުހައްޤުން ބިން ބަހާފަ އޮތީވެސް ހަމަ ތި ބޭފުޅުން،"</span>

Advertisement
Allied Insurance — Square (box)

<span class="css-1jxf684 r-bcqeeo r-1ttztb7 r-qvutc0 r-poiln3">"ދެން ވެސް ބަލި ކުރާނަން. އިންޝާالل،" ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެންމެ ބޮޑު ތަފާތަކުން މަޖިލީހުގެ ގޮނޑިއެއް މި ފަހަރު ކާމިޔާބު ކުރެއްވި ޝުޖާއު ލިޔުއްވާފައިވެ އެވެ.</span>

ރައްޔިތުންގެ މަޖިލީހުގައި ބާރަށު ދާއިރާ ތަމްސީލްކުރައްވާ ޝުޖާއު ވަނީ، އިިދިކޮޅު އެމްޑީޕީގެ އެއްވުން ސަރުކާރުން މިރޭ ރަނގަޅަށް ބަލައި އަޑުއަހަން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ދެއްކެވި ވާހަކައަށް ވެސް ރައްދު ދެއްވައިފަ އެވެ.

"އަޅުގަނޑުމެން އަބަދުވެސް ބިނާކުރަނިވި ފާޑުކިޔުންތައް ބަލައިގަންނަން. ނަމަވެސް ގާނޫނުއަސާސީން ރައްޔިތުންނަށް ލިއްބައިދޭ ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅުއްވީ ތިބޭފުޅުންގެ ވެރިކަމުގަ ނޫންތޯ؟" ދެން އޮންލައިންގެ ހަބަރެއް ރީޕޯސްޓްކުރައްވައި ޝުޖާއު ލިޔުއްވި އެވެ.

https://twitter.com/IbrahimShujaau/status/1885364923347460491

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް