Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

ސިނަމާލެ ބްރިޖުގެ ހައިވޭގައި ހުރި ކޯންއެއްގައި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ބިދޭސީއަކު މިއަދު މަރުވެއްޖެ އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ފަރުވާދެމުން ދަނިކޮށް މަރުވީ ބަންގްލަދޭޝް މީހެއް ކަމަށެވެ.

އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހެނދުނު 8:19 ގައި އެވެ.

Advertisement
Ooredoo — Square (box)

ފުލުހުން ބުނީ އެކްސިޑެންޓު ހިނގީ ހުޅުމާލެއިން މާލެ އަންނަ ލޭނުގެ ސޯލާ ޕެނަލްތައް ކައިރިގައި މަސައްކަތްކުރާކަން އަންގައިދޭން ބަހައްޓާފައި ހުރި ކޯނެއްގައި އެ މީހާ ދުއްވި ސައިކަލު ޖެހިގެން ކަމަށެވެ.

އެ މީހާ މަރުވީ ހެނދުނު 9:05 ހާއިރު އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް