Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ވިޔަފާރި

އެސްޓީއޯއާއި ވެލިގާ ގުޅިގެން ރޯދައަށް "ނިޕޯން" ޕެއިންޓްގެ  ހާއްސަ ޕްރޮމޯޝަންއެއް

އެސްޓީއޯއާއި ވެލިގާ ގުޅިގެން ރޯދައަށް "ނިޕޯން" ޕެއިންޓްގެ  ހާއްސަ ޕްރޮމޯޝަންއެއް

މި ފެށޭ ރަމަޟާން މަހާ ދިމާކޮށް އެސްޓީއޯއާއި ވެލިގާ ގުޅިގެން "ނިޕޯން ޕެއިންޓް" ގެ ހާއްސަ ޕްރޮމޯޝަންއެއް ފަށައިފި އެވެ.

އެސްޓީއޯއިން ބުނީ މިއީ ރޯދަ މަހަށް ހާއްސަކޮށް އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ކޮންމެ އަހަރަކުވެސް ބައްވާ "ރޯދަ ސޭލް" ޕްރޮމޯޝަންގެ ތެރެއިން ހިންގާ ޕްރޮމޯޝަންއެއް ކަމަށެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ 31އާ ހަމައަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި  ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑްގެ ޕްރޮޑަކްޓްތަކުން ހާއްސަ ޑިސްކައުންޓް ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށް އެސްޓީއޯއިން ބުނެފައިވެ އެވެ.

Advertisement
HDC — Sidebar (box)

އެ ގޮތުން ނިޕޯން ޕެއިންޓް އިން 20 ޕަސެންޓް އަދި މަކިޓާގެ ޕްރޮޑަކްޓްތަކުން 50 ޑިސްކައުންޓް ލިބިގެންދާނެކަމަށް އެސްޓީއޯއިން ބުނެފައި ވެއެވެ.

އެ ޕްރޮމޯޝަންގެ ދަށުން 500 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަންްއެއް ލިބޭއިރު  ގްރޭންޑް ޕްރައިޒްގެ ގޮތުގައި، ބައި ލައްކަ ރުފިޔާގެ އަގުހުރި މުދާ ކޮންމެވެސް އެއް ނަސީބުވެރިއަކަށް ލިބިގެން ދާނެކަމަށް އެސްޓީއޯއިން ބުނެފައިވެ އެވެ.

އެ ޕްރޮމޯޝަން ކުރިއަށް ގެންދަން ނިންމާފައި ވަނީ އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ އައުޓްލެޓް ތަކުގެ އިތުރުން ވެލިގާ ހާޑްވެއަރގެ އައުޓްލެޓް ތަކާއި އެސްޓީއޯގެ ރީޖަލަން އައުޓްލެޓްތަކުގަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް