Monday, 2 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހިލަ ވެއްޔާއި ސިމެންތި އުފުލައިގެން ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި

ހިލަ ވެއްޔާއި ސިމެންތި އުފުލައިގެން ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި

ހިލަވެއްޔާއި ސިމެންތި ހިފައިގެން މާލެއިން  ހއ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ފަރަށް އަރައިފި އެވެ.

"ވެނިސް" ނަމަކަށް ކިޔާ 100 ފޫޓުގެ އެ ސަޕްލައި ދޯނި ފަރަށް އެރީ ނ. މާވައިދޫ ކައިރިން ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެ އެވެ.

އެމްއެންޑީއެފްއިން ބުނީ އެ މައްސަލަ ރިޕޯޓްކުރީ ރޭ ދަންވަރު ހަތަރެއް ޖަހާކަންހާއިރު ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އެމްއެންއެންޑީއެފްއިން ބުނީ އެ ދޯނީގައި 13 މީހުން ތިބި ކަމަށާއި އެއިން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.

އުޅަނދުތައް ފަރަށް އެރުމުގެ ހާދިސާތައް ދޭތެރެ ދޭތެރިން ހިނގާއިރު އެފަދަ ހާދިސާތަކުގައި ފަރަށް ބޮޑެތި ގެއްލުންތައް ލިބިފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް