ޚަބަރު

އެމްޕީއެލްގެ އެމްޑީ މަގާމުން ވަކިކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ވަޖީހު ދެން އެކްސްކްލޫސިވްގައި ވާހަކަ ދައްކަވަނީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު ވަޖީހު އިބްރާހިމް މިއަދު ވަކިކޮށްފި އެވެ.

Ads by STELCO

ސަރުކާރުކުގެ ކުންފުނިތަކުގެ ބެލެނިވެރިޔާ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު(ޕީސީބީ)އިން މިރޭ އެކްސްގައި ބުނީ އެމްޕީއެލްގެ އެމްޑީގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑު ޑިރެކްޓަރު ކަމުގެ މަގާމުން ވަޖީހު ވަކިކޮށްފައިވާާ ކަމަށެވެ.

ވަޖީހު އެ މަގާމުން ވަކިކުރި ސަބަބެއް ހާމައެއް ނުކުރެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲއާ އާއިލީ ގޮތުން ގުޅުން އޮންނަ ވަޖީހު މަގާމުން ވަކިކުރި އިރު ނިމިގެން ދިޔަ ހަފްތާގައި އަބްދުއް ރަހީމްގެ ދަރިކަލުން ފައިސަލް އިބްރާހިމް ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވެސް ވަނީ ވަކިކޮށްފަ އެވެ.

ވަޖީހު އެމްޕީއެލްގެ އެމްޑީގެ މަގާމަށް އައްޔަނުކުރީ 2023 ވަނަ އަަހަރުގެ ނޮވެމްބަރު މަހު އެވެ.

ވަޖީހަކީ 2013 އިން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް އެމްޕީއެލްގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އެމްޕީއެލްގެ ވަޒީފާއަދާ ކުރެއްވުމުގެ ކުރިން އޭނާ ވަނީ ރާއްޖޭގެ ގިނަ ސްކޫލުތަކެއްގެ ޕްރިންސިޕަލްކަމުގެ މަގާމު ފުރުއްވާފައެވެ.