Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރާއްޖެ ޕްރޮމޯޓްކުރަން ބޮލީވުޑް ފަންނާނުންނަށް ހާއްސަ އިވެންޓެއް ބާއްވައިފި

ރާއްޖެ ޕްރޮމޯޓްކުރަން ބޮލީވުޑް ފަންނާނުންނަށް ހާއްސަ އިވެންޓެއް ބާއްވައިފި

ރާއްޖެ އިޝްތިހާރުކުރާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން އިންޑިއާގެ ބޮލީވުޑްގެ ފަންނާނުންނަށް ހާއްސަކޮށްގެން ހަރަކާތެއް ރޭ ބާއްވައިފި އެވެ.

އިންޑިއާގެ ވިޔަފާރީގެ ހަބް މުމްބާއީގެ "ބޮލީވުޑް ސޮއިރީ" ގައި ކުރިއަށް ދިޔަ އިވެންޓުގައި ބައިވެރިވި ބޮލީވުޑް ފަންނާނުންގެ ތެރޭގައި އަންގަދް ބޭދީ، މޯނި ރޯއީ، މަޝްހޫރު ދެ ޑައިރެކްޓަރުން ކަމަށްވާ ފަރާ ހާންގެ އިތުުރުން ޒޯޔާ އަހްތަރު ހިމެނެ އެވެ.

ރާއްޖޭގެ ފަރާތުން އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީއާއި އެ ކުންފުނީގެ ޗެއާޕާސަން އަބްދުﷲ ގިޔާސް އެ ފަންނާނުންނާއެކު ނަގާފައިވާ ފޮޓޯއެއް އެމްއެމްޕީއާރްސީގެ ރަސްމީ "އެކްސް" އެކައުންޓުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ.

Advertisement
Allied Insurance — Square (box)

ބޮލީވުޑް ފަންނާނުންނަށް ހާއްސަ އިވެންޓެއް ބާއްވާފައިވާއިރު، އިންޑިއާގައި ރާއްޖެ ޕްރޮމޯޓްކުރަން ޖެނުއަރީ 30 އިން ފެބްރުއަރީ 1 އާ ހަމަޔަށް އެމްއެމްޕީއާރްސީން ވަނީ ވަން ވޯލްޑް ޓްރެވެލް މާކެޓް 2025 (އޯޓީއެމް) އިވެންޓެއް ކުރިއަށް ގެންގޮސްފަ އެވެ.

https://twitter.com/mmprc_corporate/status/1886045953419039047

މުމްބާއީގެ ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރުގައި ކުރިއަށް ދިޔަ އިވެންޓަކީ ރާއްޖޭގެ ގިނަ ރިސޯޓުތަކަކާ ގުޅިގެން ކުރިއަށް ގެންދިޔަ އިވެންޓެކެވެ.

އިވެންޓުގެ ތެރެއިން އެމްއެމްޕީއާރްސީގެ އެމްޑީ ޝިއުރީ ވަނީ ޕެނަލް ޑިސްކަޝަންއެއްގައި ބައިވެރިވެވަޑައިގެންފަ އެވެ. އިންޑިއާގެ ޓޫރިޒަމް މިނިސްޓަރު ގަޖެންދުރަ ސިންގް ޝެކާވަތްއާވެސް ޝިއުރީ ބައްދަލުކުރެއްވި އެވެ.

ރާއްޖެ-އިންޑިއާ ދެމެދު އުފެދުނު ނުތަނަވަސްކަމާ ގުޅިގެން އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު ދަށްވި އެވެ. އެކަމަކު މިހާރު އެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް