Sunday, 1 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފެންބޮޑުވާ މައްސަލަ ހައްލުކުރަން މަޖީދީ މަގުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފި

ފެންބޮޑުވާ މައްސަލަ ހައްލުކުރަން މަޖީދީ މަގުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފި

މަޖީދީ މަގުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް މަރާމާތުގެ މަސައްކަތްތަކެއް ކުރަމުންދާތީ އެ މަގުގެ ޓްރެފިކް ފްލޯއަށް ބަދަލުގެނެސްފި އެވެ.

މާލޭ ސިޓީ ކައުންސިލްއިން މިއަދު ގެޒެޓުގައި ޝާއިއުކުރި <a href="https://www.gazette.gov.mv/iulaan/326439">ދެންނެވުމެއްގައި</a> ބުނީ މަޖީދީމަގު ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ބްލޮކްތަކަކަށް ބަހާލައިގެން ކަމަށެވެ.

އެގޮތުން ފުރަތަމަ ބްލޮކްގެ މަސައްކަތް ކުރިއަަށް ދާާތީ  އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް މަޖީދީމަގާާއި ޗާންދަނީމަގާއި ރަށްދެބައިމަގާއި ހަމައަށް ޓްރެފިކް ފްލޯއަށް ބަދަލުގެނެސްފައިވާ ކަމަށް ސިޓީ ކައުންސިލްއިން ބުނެފައި ވެއެވެ.

Advertisement
Allied Insurance — Square (box)

އެހެންވެ އެ ސަރަހައްދުގައި އުޅަނދުތައް ދުއްވާ އެންމެހާ ފަރާތްތަކުން ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

"މިކަމުގައި އެއްގަމު އުޅަނދު ދުއްވާ އެންމެހާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މާފަށް އެދެމެވެ." މާލޭ ސިޓީ ކައުންސިލްއިން ބުނެފައި ވެއެވެ.

އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުގެ ސަމާލު ކަމަށް އެކަން ގެނައުމުގެ ގޮތުން ޓްރެފިކް ފްލޯއަށް ގެނެވިފައިވާ ބަދަލު އެނގޭނެ ޗާޓެއް ވެސް މާލޭ ސިޓީ ކައުންސިލްއިން ވަނީ އާންމުކޮށްފަ އެވެ.

މާލޭ ސިޓީ ކައުންސިލްއިން ކުރިން ބުނެފައިވާ ގޮތުން އެ މަސައްކަތް ނިމޭއިރު މަޖީދީމަގުގައި ފެންބޮޑުވުމުގެ ސަބަބުން، ހިނގާ މީހުންނަށާއި ދުއްވާ އުޅަނދުތަކަށް ކުރިމަތިވާ އުނދަގޫތަކާއި ދަތިތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ އެވެ.

މާލޭގެ މަގުތައް މަރާމާތުކޮށް، ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށް ކުރާ މަސައްކަތްތަކަކީ ސިޓީ ކައުންސިލުން އިސްނަގައިގެން ކުރުމަށް ރާވާފައިވާ މަސައްކަތްތަކެވެ.

މި ސަރުކާރުން ވަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި މުޅި މާލޭގެ މަގުތައް އަލުން ހަދަން ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަން ވެސް ނިންމައިފަ އެވެ.

ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިދިޔަ އޮގަސްޓު މަހު ވިދާޅުވެފައިވާ ގޮތުގައި ޗައިނާގެ އެހީގައި އަލުން މަގުތައް ހެދުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް