Monday, 2 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ހަތަރު ކެފޭއެއް ބަލައި ތިން ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ހަތަރު ކެފޭއެއް ބަލައި ތިން ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހުއްޓުމެއް ނެތި ހިންގާ ބޮޑު އޮޕަރޭޝަންގެ ތެރެއިން މިއަދު ތިން ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ. އިިމިގްރޭޝަނުން ބުނި ގޮތުގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ ރެއިޑު އޮޕަރޭޝަނުގައި ބަލައިފާސްކުރީ މާލޭގައި ހިންގަމުންދާ ހަތަރު ކެފޭއެއް ވަނީ ބަލައިފާސްކޮށްފަ އެވެ. "އަދި ސައްހަ ވިސާއެއް ނެތި އެ ތަންތަނުގައި މަސައްކަތްކުރަމުން ދިޔަ ތިން ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި،" އިމިގްރޭޝަނުން ބުންޏެވެ. މި ސަރުކާރުގެ ސިޔާސަތަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދީ ޑީޕޯޓް ކުރުމެވެ. 5،000 އަށް ވުރެ ގިނަ ބިދޭސީން މިހާތަނަށް ވަނީ ޑީޕޯޓްކޮށްފަ އެވެ.
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކް ނެގުމުގެ މަސައްކަތްވެސް ކުރިއަށް އެބަދެ އެވެ. މިހާތަނަށް 25،000 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޮމެޓްރިކްސް ޑޭޓާ ނަގާފައިވާ ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް