Monday, 2 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މާލެއަށް ކަދުރު ބަހާ ނިންމައިފި

މާލެއަށް ކަދުރު ބަހާ ނިންމައިފި

ރަމަޟާން މަހަށް ދިވެހި ރައްޔިތުންނަށް ސަޢުދީ އަރަބިއްޔާއިން ހަދިޔާކުރި 50 ޓަނުގެ ކަދުރުގެ ތެރެއިން މާލެ ސަރަހައްދަށް ބެހުމަށް ކަނޑައެޅި އަދަދަށް ކަދުރު ބަހާ ނިންމައިފި އެވެ.

މާލެ ސަރަހައްދުގައި ކަދުރު ބެހުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފެށީ މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

ކަދުރު ބެހުމުގެ މަސައްކަތް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކުވެސް ކުރިއަށް ގެންދިޔަ އިރު، ގިނަ އަދަދެއްގެ ރައްޔިތުން ކަދުރު ބަލާ ދިޔަކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެެވެ.

Advertisement
HDC — Sidebar (box)

އިސްލާމިކް މިނިސްޓްރީން ބުނީ މާލެ ސަރަހައްދަށް ބެހުމަށް ކަނޑައެޅި އަދަދު ހުސްވެފައިވީނަމަވެސް ރަށްރަށުގެ ކައުންސިލްތަކަށް ދޫކުރާ ކަދުރު ދޫކުރުން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ އެކި ރަށްރަށުގެ ކައުންސިލްތަކުން ކަދުރު ގެންގޮސްފައިވާކަން ވެސް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ..

ސައުދީއަރަބިޔާ އާއި ރާއްޖެ ސަރުކާރާ ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ސައުދީ ސަރުކާރުން ރާއްޖެއަށް ކަދުރު ހަދިޔާކުރެއެވެ.

އެހެން ނަމަވެސް ރަމަޟާން މަސް ފެށުމުގެ ކުރިން ކަދުރު ބެހުމުގެ މަސައްކަތް މި ފަހަރު ކުރިއަށް ދިޔައީ އަހަރުތަކަކަށް ފަހު އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް