Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކެފޭ މާރާމާރީގައި ޒަހަމްވި ބަންގްލަދޭޝް މީހާގެ ހާލު ސީރިއަސް

ކެފޭ މާރާމާރީގައި ޒަހަމްވި ބަންގްލަދޭޝް މީހާގެ ހާލު ސީރިއަސް

މާލޭ، މާވެޔޮމަގުގައި ހުންނަ ތާސީރު ކެފޭގައި ބިދޭސީންތަކެއްގެ ދެމެދު ހިނގި މާރާމާރީގައި ޒަހަމްވި ބަންގްލަދޭޝް މީހާގެ ހާލު ސީރިއަސް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެ ކެފޭގެ ބަދިގޭގައި މާރާމާރީ ހިނގީ އެތަނުގެ ކައްކާ އާއި ހެލްޕަރުއާ ދެމީހުންގެ ދެމެދުގަ އެވެ. ކައްކާ އަކީ ނޭޕާލު މީހެކެވެ. ހެލްޕަރަކީ ބަންގްލަދޭޝް މީހެކެވެ.

އެ މީހުންނަށް ލިބުނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ނުވަތަ އެކަން ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން ނުބުނެ އެވެ.

Advertisement
Ooredoo — Square (box)

https://twitter.com/MvCrisis/status/1886679898611441991

ނަމަވެސް ދެންމެ ފުލުހުން ބުނީ އެ ދެމީހުންނަށްވެސް އައިޖީއެމްއެޗުގައި ފަރުވާދެމުންދާ ކަމަށެވެ. ބަންގްލަދޭޝްގެ މީހާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުން ދެ މީހުންގެ ގައިންވެސް ވަރަށް ބޮޑަށް ލޭ ފައިބާފައިވެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް