Monday, 2 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މާބައިދޫ ކައުންސިލަރު ހަސަން ޒަރީރު ކުއްލިގޮތަކަށް ނިޔާވެއްޖެ

މާބައިދޫ ކައުންސިލަރު ހަސަން ޒަރީރު ކުއްލިގޮތަކަށް ނިޔާވެއްޖެ
ލ. އަތޮޅު މާބައިދޫ ކައުންސިލުގެ މެންބަރު ހަސަން ޒަރީރު ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެ އެވެ.

ޒަރީރުގެ އާއިލާއާ ގާތް މީހަކު "ދެން އޮންލައިން" އަށް ބުނީ ޕީއެންސީގެ ކައުންސިލަރު ޒަރީރު ނިޔާވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ.

މާބައިދޫ ހެލްތް ޕޯސްޓަށް ގެންދިޔައިރުވެސް ޒަރީރު ނިޔާވެފައިވާ ކަމަށް އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ. މާބައިދޫ، ފިނިފެންމާގެ ޒަރީރު ނިޔާވިއިރު އުމުރުން 58 އަހަރެވެ. އޭނާގެ 6 ދަރިން ތިބެ އެވެ. ރައްޔިތުންގެ މަޖިލީހުގައި، މާބައިދޫ ހިމެނޭ އިސްދޫ ދާއިރާގެ މެންބަރު އިސްމާއިލް ޝަފީއު ފޭސްބުކް ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ޒަރީރު އަކީ އެ ރަށު ރައްޔިތުންގެ ލޯބި އަބަދުވެސް އޮންނަ ބޭފުޅެއް ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް