Monday, 2 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މޯލްޑިވިއަންގެ ބޮޑު ބޯޓުގައި ޗައިނާއަށް މަހުގެ އުފެއްދުންތައް ބޭރުކުރަން މަޝްވަރާކޮށްފި

މޯލްޑިވިއަންގެ ބޮޑު ބޯޓުގައި ޗައިނާއަށް މަހުގެ އުފެއްދުންތައް ބޭރުކުރަން މަޝްވަރާކޮށްފި
މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް މަތިންދާ ބޯޓުގައި ޗައިނާއަށް ކަނޑު މަހުގެ އުފެއްދުންތައް ބޭރުކުރަން މިއަދު މަޝްވަރާކޮށްފި އެވެ. މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓް މެދުވެރިކޮށް ކަނޑު މަހުގެ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓު ކުރެވޭނެ ޖާގަ ފަހިކޮށްދިނުމާ ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓްރީގައި މިއަދު ބައްދަލުވުމެއް ބޭއްވި އެވެ. ފިޝަރީޒް މިނިސްޓްރީގެ އިންސްޓަގްރާމްގައި ޖެހި ޕޯސްޓެއްގައިވާ ގޮތުން، ބައްދަލުވުމުގައި ބައިވެރިވީ މިނިސްޓްރީގެ އިސް ބޭފުޅުންގެ އިތުރުން މިފްކޯ، އެމްއެސްއެމް، މޯލްޑިވިއަން އަދި އިންޑަސްޓްރީ ސަޕްލަޔަރުން ބައިވެރިވި އެވެ. ރިޔާސަތު ބެލެހެއްޓެވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ. މޯލްޑިވިއަންގެ އާ މަތިންދާބޯޓު ރާއްޖެއަށް ގެނެސްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު އެވެ. އެ ބޯޓަކީ 264 މީހުންގެ ޖާގައިގެ މަތިންދާ ބޯޓެކެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާސް ވެސް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ބޯޓުގައި 18 ބިޒްނަސް ސީޓާއި 36 ޕްރިމިއަމް އިކޮނޮމީ ސީޓުގެ އިތުރުން 210 އިކޮނޮމީ ސީޓު ހިމެނެ އެވެ. ބޯޓުގައި ކާގޯ އުފުލޭ ކެޕޭސިޓީއަކީ 10 ޓަނެވެ.
ޗައިނާގެ ތިން މަންޒިލަކަށް ހަފުތާއަކު ތިން ދަތުރު ކުރެ އެވެ. އެއީ ޗެންގްޑޫ، ވެރިރަށް ބެއިޖިން އަދި ޝަންގްހާއި އެވެ. ޗެންގްޑޫއަށް ދެކޮޅު ޓިކެޓުގެ އަގަކީ 688 އެމެރިކާ ޑޮލަރެވެ. ބެއިޖިން ދެކޮޅު ޓިކެޓުގެ އަގު 788 އެމެރިކާ ޑޮލަރަށް އަރާއިރު، ޝެންހާއީ ދެކޮޅު ޓިކެޓުގެ އަގަކީ 777 އެމެރިކާ ޑޮލަރެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް