Monday, 2 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ފުލުހުން އަނިޔާވެރި ގޮތަކަށް މީހަކު ހައްޔަރުކުރާ މަންޒަރެއް އާންމުވެއްޖެ

ފުލުހުން އަނިޔާވެރި ގޮތަކަށް މީހަކު ހައްޔަރުކުރާ މަންޒަރެއް އާންމުވެއްޖެ

ފުލުހުން އަނިޔާވެރި ގޮތަކަށް މީހަކު ހައްޔަރުކުރާ މަންޒަރެއް އާންމުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ދެ ފުލުހަކު ވެގެން މީހަކު ހިފަހައްޓަނިކޮށް އެ މީހާ ދުރުވާން މަސައްކަތް ކުރެ އެވެ.

ދެން އެ މީހާ ހިފެހެއްޓުމުގެ ތެރޭގައި ފުލުހުން ވަނީ އޭނާ މަގުމައްޗަށް ވައްޓާލައި، ބާރުގެ ބޭނުންކޮށްގެން ދެ އަތް ފުރަގަހަށް ލައި ހަރަކާތް ނުކުރެވޭ ގޮތަށް ހެދުމަށް ފަހު ބިޑި އަޅުވަ އެވެ.

Advertisement
Ooredoo — Truecaller (box)

ދައުރުވަމުންދާ ޕޯސްޓުގައި ބުނަނީ ހއ. ހޯރަފުށީގައި ހިނގި ކަމެކެވެ. ޕޯސްޓުގައި ތުހުމަތުކޮށްފައިވާ ގޮތުގައި ހައްޔަރު ކުރަނީ ނަފުސާނީ މީހެކެވެ.

ފުލުހުން ބުނި ގޮތުގައި އެއީ ހޯރަފުށީގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ދަންވަރު 11:20 ހާއިރު ހިނގި ކަމެކެވެ. ކޯޓު އަމުރެއްގެ ދަށުން ދިވެހި ފިރިހެނަކު ހައްޔަރު ކުރަން އުޅެމުން ބާރުގެ ބޭޏުންކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އަމުރަށް ނުކިޔަމަންތެރިކަން ދެއްކުމުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

https://twitter.com/MvCrisis/status/1886816902145781951

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް