Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކެފޭތަކުން ކެއުމަށް ފަހު ބިލު ނުދައްކާ މީހަކު ހައްޔަރުކޮށްފި

ކެފޭތަކުން ކެއުމަށް ފަހު ބިލު ނުދައްކާ މީހަކު ހައްޔަރުކޮށްފި

ކެފޭތަކުން ކެއުމަށް ފަހު ފައިސާ ނުދައްކާ އުޅޭ މީހަކު ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ އާއްމުކުރި ކޯޓު އަމުރުގައިވާ ގޮތުން ކެފޭއަކުން ހޯދި ހިދުމަތަށް ފައިސާ ނުދައްކާތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އދ މާމިގިލި އަށް ނިސްބަތްވާ 23 އަހަރުގެ މީހެކެވެ.

ކޯޓު ގައި އެ މީހާ ބުނީ އެ ކެފޭއިން ކެއުމަށް ފަހު ނެގި ތަކެއްޗަށް ފައިސާ ދައްކަން ބޭބެއަށް ގުޅިކަމަށެވެ. ބޭބެގެ ފޯނު އޮތީ ނިވިފައި ކަމަށާއި އެކަމަކު ފައިސާ ޓްރާންސްފާކުރި ކަމަށް އެ މީހާ ބުންޏެވެ.

Advertisement
Allied Insurance — Square (box)

<strong>"ފައިސާ ދައްކާފައި ނުވާކަމަށް އައިއޯ ފާހަގަކުރި. އަދި އާއިލާގެ ފަރާތުން މީނާ މިފަދަ އަމަލުތައް ތަކުރާރުކޮށް ކުރަމުންދާކަމަށް ހިއްސާކޮށްފައިވާ ކަމަށް އައިއޯ ފާހަގަކުރި"</strong> ކޯޓު އަމުރުގައި ބުންޏެވެ.

އެ މީހާގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖަހާފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް