އޭސީސީއަށް އައްޔަން ކުރަން ރައީސް ހުށަހެޅުއްވި ބޭފުޅުންނަށް ކޮމިޓީން ރުހުންދީފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުކަމަށް އައްޔަންކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފައިވާ ބޭފުޅުންނަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ރުހުން ދީފިއެވެ.
މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމަށް އެބޭފުޅުން ވަކިވަކިން ހާޒިރުކޮށް، ކޮމިޓީގެ މެންބަރުން ވަނީ އިންޓަވިއުކޮށްފައެވެ. އެއަށް ފަހު އެ ބޭފުޅުން ކޮމިޝަނަށް އައްޔަން ކުރަން ކޮމިޓީގެ ރުހުން އޮތްތޯ ބެލުމަށް ވަކިވަކިން ވޯޓަށް އަހައިފައި ވެއެވެ.
އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، ރައީސް ނަން ފޮނުއްވެވި ފަސް ބޭފުޅުންނަކީ:
- އާދަމް ޝާމިލް- ތ.ވިލުފުށި/ ރަތްވިލާގެ
- އަބްދުއްސަލާމް- ށ.ނަރުދޫ/ހަވާ
- ޠާހާ މުޙައްމަދު- އދ.މާމިގިލި/ ކަޅިހާރުގެ
- ޝަޒްނާ ހާޝިމް- ހދ.ނޮޅިވަރަމްފަރު/ރިހިވިލު
- ޝިޔާމާ މުޙައްމަދު- ރ.ހުޅުދުއްފާރު/ ނާރެސް






ކޮމެންޓް