ރޯދަ މަހަށް ތައްޔާރުވާން އެސްޓީއޯއިން ދުރާލާ ޝިޕްމަންޓްތަކަށް އޯޑަރު ދީފި

ރޯދަ މަހަށް ތައްޔާރުވާން އެސްޓީއޯއިން ދުރާލާ ކާބޯތަކެތީގެ ޝިޕްމަންޓްތަކަށް އޯޑަރު ދީފި އެވެ.
ރޯދަ މަހަށް ވަމުންދާ ތައްޔާރީތަކާ ގުޅޭ ގޮތުން އެސްޓީއޯއިން ބަޔާނެއް މެދުވެރިކޮށް، ބާޒާރުގެ އަގުތައް ދުވަހުން ދުވަހަށް މޮނިޓާކޮށް، އަގު މައްޗަށްދާ ބާވަތްތައް ދެނެގަނެ، އަވަސް ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
"އާންމު ދިރިއުޅުމަށް ބޭނުންވާ މައިގަނޑު ކާބޯތަކެތީގެ އޯޑަރުތައް ކުރިއާލާ ވަނީ ކުރެވިފަ އެވެ. މި ގޮތުން ފުރަތަމަ ޝިޕްމެންޓް ފެބްރުއަރީ މަހުގެ ކުރީކޮޅު މާކެޓަށް ނެރެވޭނެ އެވެ. އަދި އެއަށް ފަހު ވެސް ގަވައިދުން އެހެނިހެން ޝިޕްމެންޓްތައް ގެނެވޭނެ އެވެ." އެސްޓީއޯގެ ބަޔާނުގައިވެ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ލަފާގެ ދަށުން އެސްޓީއޯއިން މެދުވެރިވެ، ބާޒާރުގައި އަގު މައްޗަށް ދާކަމަށް ފާހަގަކުރެވޭ ތަކެތި ވެސް އަގު ކޮންޓްރޯލް ކުރެވޭނެ ގޮތަށް ޝިޕްމަންޓްތައް ގެނެސް ހެޔޮ އަގެއްގައި ވިއްކާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިވަގުތު އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީ އަކަށް ބަހާލެވިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފަ އެވެ. އޭގެ ތެރޭގައި:
އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރު
ތާޒާ ތަރުކާރީ އަދި މޭވާ: ލުނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބޫ، ޕެޝަންފުރުޓް، ކިއުކަންބާ
ޕްރޮސެސްޑް ކާނާ : ނެސްލޭ ކުރީމް، ކޮކޯ ޕައުޑާ، ބޭކެޓް ބީންސް، ގެރިކިރު ދަޅު
ކެއްކުމަށް ބޭނުންކުރާތަކެތި: ސަންފްލާވާ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ
"އެސްޓީއޯގެ މަގުސަދަކީ އުފެދޭ ޑިމާންޑާ އެއްވަރުގެ ސަޕްލައިއެއް ފޯރުކޮއްދިނުމެވެ. މާކެޓްގައި ސަޕްލައި ގެޕްއެއް ނުވަތަ ޝޯޓޭޖެއް ފަހިވެ އޭގެ ބުރަ އާންމު ރައްޔިތުމީހާ އުފުލަން ނުޖެހުމެވެ." އެސްޓީއޯއިން ބުނެފައިވެެ އެވެ.

ކޮމެންޓް