Sunday, 1 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކައުންސިލުތަކަށް ކޯޓުގައި އަމިއްލައަށް ވަކާލާތު ކުރެވޭނެ: ސުޕްރީމް ކޯޓް

ކައުންސިލުތަކަށް ކޯޓުގައި އަމިއްލައަށް ވަކާލާތު ކުރެވޭނެ: ސުޕްރީމް ކޯޓް

ބިމުގެ މައްސަލަތަކުގައި ލޯކަލް ކައުންސިލުތަކަށް ކޯޓުތަކުގައި އަމިއްލައަށް ވަކާލާތު ނުކުރެވޭ ގޮތަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.

ހައިކޯޓުން މިދިޔަ އަހަރު ނިންމީ ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ މުއައްސަސާތަކަކަށް ވިޔަސް، ބިމުގެ މައްސަލަތަކުގައި ކޯޓުތަކުގައި ވަކާލާތު ކުރެވޭނީ އެޓާނީ ޖެނެރަލް މެދުވެރިކޮށް ކަމަށެވެ. ހައި ކޯޓުން އެގޮތަށް ނިންމީ އދ. ފެންފުށީ ބިމެއްގެ މައްސަލައިގައި މީހަކު އެ ކައުންސިލާ ދެކޮޅަށް ދައުވާކުރި މައްސަލައެއްގައެވެ.

އެޓާނީ ޖެނެރަލްގެ ފަރާތުން އެ ހުކުމް ތަންފީޒު ކުރުމުން އެ މައްސަލަައިގެ ޝަރީއަތުގައި ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރީ، ގާނޫނު އޮންނަ ގޮތުން ކައުންސިލްތަކަކީ ސަރުކާރާ ވަކިން އޮންނަ މިނިވަން ގާނޫނީ ޝަހްސުތަކެއް ކަމަށް ވާއިރު، ކައުންސިލްތަކުން ކޯޓުތަކުގައި ވަކާލާތު ކުރަންޖެހޭނީ އަމިއްލައަށް ކަމަށެވެ. އަދި އެޓާނީ ޖެނެރަލަކީ ސަރުކާރުގެ އެންމެ އިސް ވަކީލު ކަމަށް ވިޔަސް، އޭޖީގެ ފަރާތުން ކައުންސިލްތައް ތަމްސީލު ކުރަން ޖެހޭ ނަމަ އެ ކަމަކީ ކައުންސިލްތަކުގެ ބާރު ހަނިވެ، މަސްލަހަތު ފުށުއަރާފާނެ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައި ވެއެވެ.

Advertisement
HDC — Sidebar (box)

"ކައުންސިލްތައް ތަމްސީލު ކުރާނީ އެ ކައުންސިލެއް އަމިއްލައަށް. ކައުންސިލުން ގާނޫނީ ވަކީލުން އައްޔަންކޮށްގެން ނުވަތަ ނުކޮށް،" ހުކުމް އިއްވަވަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވިއެވެ.

މިއަދު ބޭއްވި އެ އަޑުއެހުމުގައި ތިން ފަނޑިޔާރުން އިއްތިފާގުވެ، ކުރި ހުކުމްގައި ބުނެފައިވަނީ ހައި ކޯޓު ހުކުމުގައި އެގޮތަށް ކަނޑައެޅީ ގާނޫނު އަސާސީއާއި ލާމަރުކަޒީ ގާނޫނާ ޚިލާފަށް ކަމަށްވާތީ ހުކުމުގެ އެ ބައި ބާތިލްކުރާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް