Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

ބައެއް ވަޒީރުން ބޭނުންވަނީ ރައީސް ނަޝީދު އެކަހެރިކޮށް އެހެން އެމްޑީޕީއެއް އުފައްދަން: ހަސަން ލަތީފް

ބައެއް ވަޒީރުން ބޭނުންވަނީ ރައީސް ނަޝީދު އެކަހެރިކޮށް އެހެން އެމްޑީޕީއެއް އުފައްދަން: ހަސަން ލަތީފް

މި ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުން ބޭނުންފުޅުވެލައްވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީން އެކަހެރިކޮށް، އެހެން އެމްޑީޕީއެއް އުފެއްދުމަށް ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ ސަރުކާރަށް ޖެއްސުން ކުރަނީ މަޖިލިސް މެމްބަރުން ކަމަށް 'ބައެއް ވަޒީރުން' ވިދާޅުވި ނަމަވެސް އެ ވަޒީރުން އިޝާރާތް ކުރައްވަނީ ރައީސް ނަޝީދަށާއި އެ ވަޒީރުން ބޭނުންވެވަޑައި ނުގަންނަވާ ގޮތަށް ވާހަކަދައްކަވާ މެމްބަރުންނަށް ކަމަށެވެ.

ހަސަން ލަތީފު ވިދާޅުވީ މަޖިލީހުގެ އެމްޑީޕީ މެޖޯރިޓީ އޮތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަތްޕުޅުގައި ކަމަށް އެ މަނިކުފާނު ވިދާޅުވާ އިރު، ވަޒީރުން މަޖިލީހުގެ ބައެއް މެމްބަރުން ސަރުކާރަށް ޖެއްސުން ކުރަނީ ކަމަށް ތުހުމަތު ކުރަނީ ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިންނެވިހައި ހިނދަކު، ބޭނުންވާހައި ކަންކަން ކުރައްވަން ދަތިވާތީ ކަމަށެވެ. އެގޮތަށް އެ ވަޒީރުން ވިދާޅުވަނީ މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރުވައި ނާޖާއިޒު ފައިދާ ނަގަން ތިބި މީހުންނަށް ރައީސް ނަޝީދު ހުރަސް އަޅުއްވާތީ ކަމަށް ވެސް ހަސަން ލަތީފު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް