Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ފާރެއް ވެއްޓި ގެއްލުން ލިބުނު ގޭގެ 4 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

ފާރެއް ވެއްޓި ގެއްލުން ލިބުނު ގޭގެ 4 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި
ޅ. ނައިފަރަށް އިއްޔެ އިރުއޮއްސުނުއިރު ޖެހުނު ގަދަ ވައިގައި ފާރެއް ވެއްޓި، ގެއްލުން ލިބުނު ގޭގެ މީހުންނަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ. ގަދަ ވައިގައި އިއްޔެ ވެއްޓުނީ ތިން ބުރިއަށް ހަދަމުންދާ ގެއެއްގެ ފާރެކެވެ. އެ ފާރު ޖެހިގެން ހުރި ވެލްކަމްގޭޓް ގޭގެ ކޮޓަރިއެއްގެ މައްޗަށް ވެއްޓި، ދިރިނޫޅެވޭ ވަރަށް އެ ކޮޓަރި ވަނީ ހަލާކުވެފަ އެވެ. ނައިފަރު ކައުންސިލުގެ ރައީސް މުހައްމަދު ރަޝީދު މިއަދު "ދެން" އަށް ވިދާޅުވީ އެ ކޮޓަރީގައި ދިރިއުޅުނު ހަތަރު މީހަކަށް، ޖެހިގެން ހުރި ގެއެއްގެ ފުރަތަމަ ފަންގިފިލާއިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. https://twitter.com/NDMAmv/status/1887524153642918225   ކައުންސިލުގެ ރައީސް ވިދާޅުވީ އެ ހާދިސާ ހިނގިއިރު، އެ ކޮޓަރީގައި ކުޑަ ދެ ކުދިިން ތިބި ކަަމަށެވެ. ނަމަވެސް އެ ކުދިންނަށް މާބޮޑު ހާނީއްކައެއް ވެފައި ނުވާ ކަމަށެވެ.
"ކުޑަ ދެ ކުދިންގެ ހަންގަނޑު މަށައިގެން ގޮސްފައި ހުރީ ކޮންމެވެސް ވަރަކަށް.. ސީރިއަސް އަނިޔާއެއް ނުލިބޭ. ދެން އެ ކޮޓަރީގައި ހުރި އިލެކްޓްރޯނިކް ތަކެއްޗަށް ވެސް ގެއްލުން ލިބުނު،" އޭނާ ވިދާޅުވި އެވެ.
މުހައްމަދު ވިދާޅުވީ ވެއްޓުނު ފާރަކީ ރޭނިތާ އަދި މާ ގިނަ ދުވަސްތަކެއް ވެފައި ނުވާ ފާރެއް ކަމަށެވެ. މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ދޭތެރެ ދޭތެރެއިން ވިއްސާރަކުރަމުންދާއިރު، ވައި ވެސް ދޭތެރެ ދޭތެރެއިން ގަދަވެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް