Monday, 2 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ބައި-އިލެކްޝަންތައް: 13 އިން 9 ގޮނޑި ޕީއެންސީއަށް

ބައި-އިލެކްޝަންތައް: 13 އިން 9 ގޮނޑި ޕީއެންސީއަށް
ލޯކަލް ކައުންސިލްތަކުންނާއި އަންހެނުންގެ ކޮމިޓީތަކުން ހުސްވެފައިވާ ގޮނޑިތަކަކަށް މިއަދު ބޭއްވި 13 ބައި-އިލެކްޝަންގެ ތެރެއިން ވެރިކަންކުރާ ޕީއެންސީއަށް 9 ބައި-އިލެކްޝަން ކާމިޔާބުވެއްޖެ އެވެ. މިއަދު ބޭއްވީ ދެ ރަށެއްގެ ކައުންސިލް ގޮނޑިއާއި 10 ރަށެއްގެ އަންހެނުންގެ ކޮމިޓީގެ 11 ގޮނޑިއެއްގެ ބައި-އިލެކްޝަނެވެ. އެއީ ރ. އަތޮޅު އިންނަމާދޫ އަންހެނުންގެ ކޮމިޓީގެ ދެ ގޮނޑި ހިމެނޭ ގޮތަށެވެ. އޭގެ ތެރެއިން ނުވަ ގޮނޑި ޕީއެންސީން ކާމިޔާބުކުރި އިރު އެމްޑީޕީއަށް ކާމިޔާބުވީ ތިން ގޮނޑި އެވެ. އަދި އަމިއްލަ ގޮތުން ކުރިމަތިލި މީހަކު ގޮނޑިއެއް ކާމިޔާބުކުރި އެވެ. ކައުންސިލް ގޮނޑިތައް ކާމިޔާބުކުރި ގޮތަކީ:
  • ހދ. މަކުނުދޫ ކައުންސިލް - އަމިއްލަ ގޮތުން ކުރިމަތިލި، އިބްރާހިމް މުހައްމަދު
  • ނ. ލަންދޫ ކައުންސިލް - ޕީއެންސީގެ ކެންޑިޑޭޓް އާތިފާ މޫސާ

އަންހެނުންގެ ކޮމިޓީތަކުގެ ގޮނޑިތައް ކާމިޔާބުކުރި ގޮތަކީ:
  • ހދ. ހިރިމަރަދޫ - ޕީއެންސީ ކެންޑިޑޭޓު، ފަހީމާ އަބްދުﷲ
  • ނ. ލަންދޫ - ޕީއެންސީ ކެންޑިޑޭޓު، އާތިފާ މޫސާ
  • ނ. މިލަދޫ - އެމްޑީޕީ ކެންޑިޑޭޓު، އައިމިނަތު އަޒުމާ
  • ރ. އިންނަމާދޫ - ޕީއެންސީ ކެންޑިޑޭޓު، އައިޝަތު އީސާ
  • ރ. އިންނަމާދޫ - ޕީއެންސީ ކެންޑިޑޭޓު، ޒުލްފާ އާދަމް
  • ބ. ގޮއިދޫ - ޕީއެންސީ ކެންޑިޑޭޓު، ނަޖުވާ ފާރޫގް
  • އދ. ހަންޏާމީދޫ - އެމްޑީޕީގެ ކެންޑިޑޭޓު، ހަދީޖާ އިބްރާހިމް
  • ދ. ހުޅުދެލި - އަމިއްލަ ގޮތުން، ފާތުމަތު ރިސާލާ
  • ލ. ގަން - ޕީއެންސީ ކެންޑިޑޭޓު، އައިމިނަތު އަފްރާހް
  • ތ. ބުރުނީ - ޕީއެންސީ ކެންޑިޑޭޓު، ރުގިއްޔާ ރަޒީނާ
  • ގއ. ކަނޑުހުޅުދޫ - ޕީއެންސީ ކެންޑިޑޭޓު، އައިމިނަތު ޝިފާނާ
 

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް