Sunday, 1 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މ. ޕްލާޒާގައި އަނެއްކާ ވެސް ރޯވެއްޖެ

މ. ޕްލާޒާގައި އަނެއްކާ ވެސް ރޯވެއްޖެ

މ. ހައުސްޕްލާޒާގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނިކޮށް މިރޭ ވެސް އެ ގެއާ ޖެހިގެން ހުރި ނިއުޕްލާގައި ރޯވެގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

ދިވެހި ސިފައިން ބުނި ގޮތުގައި މިރޭ ހާދިސާގެ ރިޕޯޓް ލިބުނީ 7 ޖަހާކަށް ހާއިރެވެ. އަދި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލެއް ނުކުރެވެ އެވެ.

ހައުސްޕްލާޒާގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ދެ ގެއެއްގެ މައި ފެންހޮޅިއަށް ގެއްލުން ލިބިފައިވެ އެވެ. އެހެންވެ އެ ދެ ގޭގައި އުޅޭ 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ވެސް ސަރުކާރުން ހަމަޖައްސައިދިނެވެ.

Advertisement
Ooredoo — Square (box)

މިރޭ ރޯވީ ހަމަ އެ ގެއާ ޖެހިގެން ހުރި ގޭގަ އެވެ.

މިއީ ދޭތެރެއަކުން އަލިފާނުގެ ހާދިސާ ހިނގާ ސަރަހައްދެކެވެ. 2023 ވަނަ އަހަރު ވެސް ޕްލާޒާހައުސްގައި އަލިފާނުގެ ހާދިސާއެއް ހިނގި އެވެ. އެ ފަހަރު އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުވެސް ކުރި އެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް