ޚަބަރު

ސްޓޮކްގައި ހުރި ބޭސްތައް ބެލޭނެ ޕްލެޓްފޯމްއެއް ގާއިމުކުރަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހެންވޭރުގައި ހުންނަ އެސްޓީއޯ ފާމަސީއެއް

އެސްޓީއޯގެ ފާމަސީތަކުގެ ސްޓޮކްގައި ހުންނަ ބޭސްތަކުގެ މައުލޫމާތު ބެލޭނެ ޕްލެޓްފޯމެއް ގާއިމުކުރަން ނިންމައިފި އެވެ.

Ads by STELCO

ފަހަަކަށް އައިސް ބައެއް ބޭސްތައް ނުލިބޭކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފަ އެވެ. އެހެންވެ  ބޭސް ފޯރުކޮއްދިނުމުގައި ކުރިމަތިވެފައިވާ ދަތިތަައް ހައްލުކޮށް ދެމެހެއްޓެނިވި އަވަސް ހައްލެއް ހޯދުމުގެ ގޮތުން އެސްޓީއޯ އާއި، މޯލްޑިވްސް ޑޮކްޓަރސް ޔޫނިއަން(އެމްޑީޔޫ) އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން(އެމްްއެމްއޭ) ގުޅިގެން މިއަދު ވަނީ މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ.

އެ ބައްދަލުވުމަށް ފަހު އެމްއެމްއޭއާއި އެމްޑީޔޫއިން މިރޭ ނެރުނު ބަޔާނުގައި ބުނީ އެސްޓީއޯއިން އެތެރެކުރާ އަދި އެސްޓީއޯ ފާމަސީތަކުގެ ސްޓޮކްގައި ހުރި ބޭސްތަކުގެ މައުލޫމާތު ވަގުތުން ބެލޭގޮތަށް، ޑޮކްޓަރުންނަށް ހާއްސަކޮށްގެން އޮންލައިން ޕްލެޓްފޯމްއެއް ގާއިމްކުރުމަށް ނިންމާފައިވާ ކަމަށެވެ.

ބަޔާނުގައި ދެން ފާހަގަކޮށްފައިވާ ކަންކަން

  • އެސްޓީއޯ، އާސަންދަ، އެމްއެފްޑީއޭ، އެމްޑީޔޫ އަދި އެމްއެމްްއޭ ހިމެނޭގޮތަށް ހުރިހާ މުއައްސަސާއެއް ބައިވެރިވާ ޖޮއިންޓް ކޮމިޓީއެއް އުފެއްދުމަށް ވަނީ ނިންމައިފައި
  • އެ ކޮމިޓީގެ ސަބަބުން ކަމާގުޅުންހުރި ހުރިހާ ފަރާތްތަކަށްވެސް ދިމާވާ ދަތިތަކާމެދު މަޝްވަރާކޮށް، އެކަށީގެންވާ/ރަނގަޅު މަޢުލޫމާތުގެ އަލީގައި އަވަސް ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނެ