Monday, 2 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޑްރަގު މައްސަލަަތަކުގައި މިދިޔަ އަހަރު 20 މީހަކު އުމުރަށް ޖަލަށްލާން ހުކުމްކުރި

ޑްރަގު މައްސަލަަތަކުގައި މިދިޔަ އަހަރު 20 މީހަކު އުމުރަށް ޖަލަށްލާން ހުކުމްކުރި
މަސްތުވާތަކެތީގެ ވިޔަފާރިކުރިކަމުގެ ކުށުގައި މިދިޔަ އަހަރު 20 މީހަކު އުމުރަށް ޖަލަށްލައި، އެފަދަ މައްސަލަތަކުގައި ޖޫރިމަނާގެ ގޮތުގައި 10.2 މިލިއަން ރުފިޔާ ދެއްކުމަށް ޝަރީއަތުން ހުކުމްކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފި އެވެ. ކްރިމިނަލް ކޯޓުގެ ތަފާސް ހިސާބުތައް ހިއްސާކޮށް އެ ކޯޓުގެ "އެކްސް" އެކައުންޓުން ޕޯސްޓުކުރި ބަޔާނެއްގައި ބުނީ 2024 ވަނަ އަހަރު މަސްތުވާތަކެތީގެ 137 މައްސަލާގައި ގޮތެއް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި:
  • ޑްރަގު ބޭނުންކުރާ ކަމަށް އިއުތިރާފްވުމުން ފަރުވާގެ ފުރުސަތު ފަހިކޮށްދޭން ޑްރަގު ކޯޓަށް ހުށަހަޅަން ދައުލަތް (ޕީޖީ) އިން އަނބުރާ ގެންދިޔަ މައްސަލަތައް
  • ޕީޖީން ދައުވާ މުރާޖައާކުރުމަށް ފަހު އަނބުރާ ގެންދިޔަ މައްސަލަތައް
ކްރިމިނަލް ކޯޓުން ބުނި ގޮތުގައި މިދިޔަ އަހަރު އެ ކޯޓަށް ހުށަހެޅި މަސްތުވާތަކެތީގެ މައްސަލަތަކުގެ ތެރެއިން ސާބިތުނުވާ ކަމަށް ހުކުމްކުރީ 7 މައްސަލަ އެކެވެ. ހުކުމްކޮށް ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން 95 އިންސައްތަ އަށްވުރެ ގިނަ މައްސަލަތަކަކީ ސާބިތުވެގެން ނިންމި މައްސަލަތައްކަން އެ ކޯޓުން ފާހަގަކުރި އެވެ. ކޯޓުން އިތުރަށް ބުނީ 20 މީހަކު އުމުރަށް ޖަލަށްލުމުގެ އިތުރަށް 7 މީހަކު 12 އަހަރަށްވުރެ ދިގު މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް